ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އެންގޭޖްވެއްޖެ

ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން އާއި ބައިވެރިއާ ކްލާކް ގޭފޯޑު -- ފޮޓޯ: ގެޓީ

ވެލިންޓަން (މެއި 3): ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންއާއި ބައިވެރިޔާ ކްލާކް ގޭފޯޑް އެންގޭޖްވެއްޖެއެވެ.

ބޮޑުވަޒީރު އާޑާންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެދެބޭފުޅުން އެންގޭޖުވީ މިދިޔަ ހަފްތާ ތެރޭގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގަންނަވާނެ ތާރީހެއް ތަރުޖަމާނު ހާމަ ނުކުރައްވައެވެ.

ނިއުޒިލެންޑުގެ މީޑިއާތަކުން ބުނާ ގޮތުގައި އާޑާންއާއި ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ގޭފޯޑްއާ ފުރަތަމަ ބައްދަލުވީ 2012އިގައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އާޑާން އާއި ގޭފޯޑަށް ވަނީ ދަރިކަނބަލަކު ލިބިލައްވާފައެވެ. އެހެންކަމުން ބޮޑުވަޒީރު އާޑާން ވަނީ ވެރިކަމުގައި ހުންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަތް ދެވަނަ އިންތިހާބީ، އަންހެން ލީޑަރަށް ވެވަޑައިގެންފައިއެވެ. މީގެ ކުރިން 1990 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫއަށް ވަނީ ވެރިކަމުގައި ހުންނަވަނިކޮށް ދަރިކަނބަލަކު ލިބިވަޑައިގެންފައެވެ.

ނިއުޒީލޭންޑުގެ ވެރިކަމަށް ވަޑައިގެންނެވި ތިންވަނަ އަންހެން ބޭފުޅާއަށް ވުމުގެ އިތުރުން، އާޑާންއަކީ 1856 ވަނަ އަހަރުގެ ފަހުން އެގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ.

comment ކޮމެންޓް