ނިއު ޒީލޭންޑުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް ވިއްކުން މަނާކޮށްފި

ނިއު ޒީލޭންޑުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް ވިއްކުން މަނާކޮށްފި -- ފޮޓޯ/ރޮއިޓާސް

އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް ވިއްކުން މަނާކޮށް، ޒުވާނުންނަށް އީ ސިގިރެޓް ފޯރުކޮށްދޭ ފަރާތްތަކަށް ކުރާ ޖޫރިމަނާ ބޮޑުކުރަން ނިއު ޒީލޭންޑުން ނިންމައިފިއެވެ.

ވޭޕް ވިއްކުން މަނާކުރުމަށް ތިން ޕާޓީ އެކުލެވޭ ނިއު ޒިލޭންޑުގެ އިއްތިހާދު ސަރުކާރުން ނިންމައިފައިވާކަން އިއުލާނުކުރެއްވީ އެ ގައުމުގެ ސިއްހަތާބެހޭ ވަޒީރު ކާސޭ ކޮސްޓެލޯއެވެ.

"ވޭޕިންއިން އަހަރެމެންގެ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ޒުވާނުންގެ މެދުގައި ވޭޕްކުރާ މިންވަރު ހަލުވިކަމާ އެކު އިތުރުވުމަކީ ބެލެނިވެރިންނާއި ޓީޗަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުމެއް،" ކޮސްޓެލޯ ވިދާޅުވިއެވެ.

ދެވަނަ ފަހަަރަށް ވެސް ބޭނުންކުރެވޭ ވޭޕްސް ބޭނުންކުރާނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މުހިއްމު ޑިވައިސްއެއްގެ ގޮތުގައި ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ވިއްކާކަން ފާހަގަކުރެވޭ ވިޔަފާރިވެރިންގެ ވިޔަފާރިއަށް 100،000 ނިއު ޒީލެންޑް ޑޮލަރުގެ ފައިދާވާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

ނިއު ޒީލެންޑްގައި 1500 އަށް ވުރެ ގިނަ ވޭޕް ރީޓެއިލް ވިޔަފާރިވެރިން ހުރެއެވެ.

comment ކޮމެންޓް