"ބާރަތު"ގެ ޓްރެއިލާ ނެރެފި

ބާރަތުގެ ޕޯސްޓަރު--

އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހު ނެރޭ ފިލްމު "ބާރަތު"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ތިން މިނެޓާ 11 ސިކުންތުގެ އެ ޓްރެއިލާ އިއްޔެ ނެރުނު އިރު މި ޓްރެއިލާ ވަނީ 15 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައެވެ.

ސަލްމާން ހާން ލީޑު ރޯލުން ފެނިގެން ދާ އެ ފިލްމުގެ ޝޫޓިން ފެއްޓީ މިދިޔަ އަހަރު މެދުތެރޭގައެވެ.

ފިލްމުގެ ޓްރެއިލާގައި ގިނަ ސްޓަންޓުގެ މަންޒަރުތަކެއް ވެސް ވަނީ ފެނިގެން ގޮއްސައެވެ.

ފިލްމުގައި ދައްކުވައިދެނީ މީހަކު އޭނާގެ ގައުމަށްޓަކައިވާ ގުރުބާނީއެވެ.

އެ ފިލްމުގެ މަންޒަރުތަކެއް އިންޑިއާގެ އިތުރުން އަބޫދާބީއާއި މޯލްޓާގައިވެސް މީގެ ކުރީން ވަނީ ނަގާފައެވެ.

އެ ފިލްމުގައި ސަލްމާންއާ އެކު ލީޑު ރޯލުން ފެންނާނީ ކެޓްރީނާ ކައިފެވެ. އަދި އެ ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.

comment ކޮމެންޓް