މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ) ހާޒިރު ކުރީ ރިލްވާން ގެއްލުވާލި މައްސަލައިގައި އޭނާ ކޮށްފައިވާ ޓްވީޓްތަކަކާ ގުޅިގެން ކަމަށް މިއަދު ބުނެފި އެވެ.
އެކޮމިޝަނުން ބުނީ ރިލްވާނު ގެއްލުވާލުމާ ގުޅޭގޮތުން 2014 ވަނަ އަހަރުގެ އޮގަސްތު މަހު ޝުމްބާ ކުރި ޓްވީޓުތަކަކާ ގުޅިގެން އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
Bayaku raavaigen, Ahmed Rilwan Abdulla gelluvaalumaa gulheygothun Ahmed Ashraf @ShumbaGong 2014 vana aharu ge August mahuge thereygai koffaivaa tweet thakakaa gulhigen eynaa mi commission ah haazirukoh, commission in ekamaa beheygothun eynaa kuren mauloomaathu saafu koffi.
— Commission on Disappearances and Deaths (@DdcomMdv) April 18, 2019
ޝުމްބާ ކޮމިޝަނަށް ހާޒިރުކުރީ މިއަދު 11:00 ގައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އަރިސްކޮށް މަސައްކަތްކުރާ ޝުމްބާ މަރު ކޮމިޝަނަށް ހާޒިރުވެ، އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާއިރު، އޭނާ ބުނީ ކުރި ޓްވިޓު ތަކަކާ ގުޅިގެން މަރު ކޮމިޝަނުން ކުރިމަތިކުރި ސުވާލުތަކަށް ދޭންޖެހޭ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އޭނާ ބުނީ އެ ޓްވީޓަކީ ބަޔަކު މީހުން ރިލްވާން ކަނޑުފެއްތި ކަމަށް ތުހުމަތުކޮށް އޭނާ ކުރި ޓްވީޓަކާ ގުޅިގެން ކުރިމަތި ކުރި ސުވާލުތަކެއް ކަމަށެވެ. އަދި ކޮމިޝަނުން އޭނާއާ މެދު އަމަލު ކުރީ ޕްރޮފެޝަނަލްކޮށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މަރު ކޮމިޝަނުން ތަހުގީގުކުރާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަ ހިމެނެއެވެ.