ޝުމްބާގެ މައްސަަލަ ވެސް އިންތިގާލީ އިންސާފުގެ އޮފީހަށް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) -- ފޮޓޯ/އެފްބީ

މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ލަންކާގައި ހުއްޓާ ރާއްޖެ ގެނެސް ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮމްބަޑްސަންޕާސަންގެ އޮފީހަށް އެ މައްސަލަ ހުށަހަޅައިިފިއެވެ.

އެގޮތުން މި މައްސަލަ ޝުމްބާގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ.

އެގޮތުން މުހުތާޒު ވިދާޅުވީ މި މައްސަލަ ހުށަހަޅާފައިވަނީ އޭނާ ލަންކާގައި ހުއްޓާ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާތީކަމަށެވެ. އަދި ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު އަނިޔާއަށް ބަދަލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވަނީ ނިޒާމީ ގޮތެއްގައި ރޭވިގެން ޝުމްބާގެ އިންސާނީ ހައްގުތަކަށާއި ކަރާމަތަށް އަރައިގަނެ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކޮށްފައިވާ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިއެވެ.

މި މައްސަލައިގައި ޖުމްލަ 11 ފަރާތެއްގެ މައްސަލަ ބަލައިދިނުމަށް އެދި އޭނާ އެ އޮފީހަށް ވަނީ ހުށަހަޅައިފައެވެ.

އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާމެދު ވެސް ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް