ކުއްޖާ ވަށިގަނޑަކަށް ލައިގެން ދުއްވި މީހާއާއި އިތުރު ބަޔެއްގެ ލައިސަންސް ހިފަހައްޓައިފި

މާލޭގެ މަގުމަތީ ސައިކަލެއްގެ ވަށިގަނޑުގައި ކުޑަކުއްޖަކު ބައިންދައިގެން ސައިކަލު ދުއްވާތަން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް--

މިމަހު ދެވަނަ ދުވަހު ކުޑަ ކުއްޖަކު ވަށިގަނޑަށް ލައިގެން ދުއްވި މީހާ އާއި އިތުރު ދެމީހެއްގެ ލައިސަންސް ޓްރާންސްޕޯޓު އޮތޯރިޓީން ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މުއަސަސާއަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޓްރެފިކް މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއްގައި ޓްރާންސްޕޯޓު އޮތޯރިޓީން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން، ކުޑަކުއްޖަކު ވަށިގަނޑަށް ލައިގެން ދުއްވި މީހާގެ ލައިސަންސް ހިފަހައްޓާފައިވަނީ، އެއް އަހަރު ދުވަހަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ހާދިސާގައި ސައިކަލް ދުއްވަން އިނީ ފުލުހެެކެވެ.

https://sun.mv/117593

ދެން ފިޔަވަޅު އެޅީ މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު ސިނަމާލެ ބުރިޖް ހައިވޭގައި ބާރު ސްޕީޑއްގައި ދުވާފައި ދިޔަ ކާރެއް ފުޑުޑުވެ، ހިނގި އެކްސިޑެންޓް ގައި ކާރު ދުއްވި ފަރާތުގެ ލައިސެންސެވެެ. އޭނާގެ ލައިސެންސް ހިފަހައްޓާފައިވަނީ ދެ އަހަރަށެވެ.

އޭގެ އިތުރުން ދެން ފިޔަވަޅު އަޅާފައިވަނީ، މިދިޔަ މަހު 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓްގައި ވޭން ދުއްވި ފަރާތުގެ ލައިސަންސެެވެ. އޭނާގެ ލައިސަންސްވެސް ހިފަހައްޓާފައިވަނީ ދެ އަހަރު ދުވަހަށެވެ.

ފުލުހުންގެ ބުނީ، ފިޔަވޅު އެޅި ތިން މީހުންގެ ލައިސަންސް ހިފަހައްޓާފައިވަނީ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ޓްރާންސްޕޯޓް އޮތީރިޓީން މިއަދު ތިން މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، އެ އޮތޯރިޓީން ވަނީ މީގެ ކުރިން، މާލޭގެ ސެނަހިޔާ ކައިރީ އޮންނަ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް ޓެކްސީ އަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެ ޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައެވެ. އަދި އެ އޮތޯރިޓީން ވަނީ އެ ޑްރައިވަރުގެ ޓްކްސީ ހުއްދަވެސް ބާތިލް ކޮށްފައެވެ.

https://sun.mv/115563

މިއަހަރު މިހާތަނަށް 720 އެކްސިޑެންޓް މައްސަލަ ފުލުހުންގެ އިދާރާއަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން މި މަހު މިހާތަނަށް އެކްސިޑެންޓް މައްސަލަތަކުގެ އަދަދަކީ، 98 އެވެ.

comment ކޮމެންޓް