ކުޑަކުއްޖާ ވަށިގަނޑަށް ލައިގެން ސައިކަލު ދުއްވީ ފުލުހެއް

މާލޭގެ މަގުމަތީ ސައިކަލެއްގެ ވަށިގަނޑުގައި ކުޑަކުއްޖަކު ބައިންދައިގެން ސައިކަލު ދުއްވާތަން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ސައިކަލު ވަށިގަނޑަށް ކުޑަ ކުއްޖަކު ލައިގެން މާލޭ މަގުމަތީ ދުއްވީ ފުލުހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުންދ ކަމަށާއި މި މައްސަލާގައި ތުހުމަތު ކުރެވެނީ ފުލުހަކަށް ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ލައިސަންސް ހިފެހެއްޓުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ޓްރެފިކް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"އަދި ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވާގޮތަށް އަމަލު ކުރި މައްސަލަ ދަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ބަލަމުން. ކުޑަކުދިންނަށް އަދި މީހެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ވެހިކަލް ދުއްވުން މި ސާވިސް އިން ކުށްވެރި ކުރަން،" ފުލުހުން ބުންޏެވެ.

މިފަދަ ކުށްކުރާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް އިހުތިރާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

https://sun.mv/117585

ސައިކަލްގެ ވަށިގަނޑަށް ކުއްޖަކު ލައިގެން ސައިކަލު ދުއްވާ ވީޑިއޯއެއް އިއްޔެ އިން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ އޮރެންޖު ކުލައިގެ ގަމީގެއް ލައިގެން އިންނަ ފިރިހެނަކު، ކުޑަކުއްޖާ ސައިކަލުގެ ކުރީގައި އިންނަ ވަށިގަނޑު ތެރޭ ބައިންދައިގެން ސައިކަލު ދުއްވާފައި ދާތަނެވެ.

ފެންނަ ފެނުމަށް އެ ކުޑަކުއްޖާގެ އުމުރުން ގާތްގަނޑަކަށް އެެއް އަހަރު ނޫނީ ދޮޅު އަހަރު ވާނެ ކަމަށް ބެލެވެއެވެ. ވީޑިއޯ އިން ފެންނަނީ މާލޭ ރިންގު ރޯޑުގައި ސައިކަލު ދުއްވާފައިދާތަނެވެ.

comment ކޮމެންޓް