ފޭސްބުކް މެސެންޖާ އަނެއްކާވެސް ފޭސްބުކް އެޕްލިކޭޝަނަށް

މެސެންޖާ އަދި ފޭސްބުކް އެޕްލިކޭޝަން--

ފޭސްބުކް މެސެންޖާ، ފޭސްބުކް އެޕްލިކޭޝަނުން ވަކިކޮށް ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ހިންގާތާ އަހަރުތަކެއްފަހުން އަނެއްކާވެސް ދެ އެޕްލިކޭޝަން އެއްކޮށްލަން އުޅޭކަމަށް ބުނެފިއެވެ.

ވަކި އެޕްލިކޭޝަނެއް ބޭނުންކޮށްގެން ފޭސްބުކް މެދުވެރިކޮށް މެސެޖު ފޮނުވޭގޮތައް 2011 ވަނަ އަހަރު ގެނައި ބަދަލު ފުރަތަމަ ކޮޅު ކަމު ނުދިޔަނަމަވެސް، މިހާރު ޔޫޒަރުން ވަނީ އެކަމަށް ހޭނިފައެވެ. ނަމަވެސް ފޭސްބުކް އިން އަނެއްކާވެސް ވަނީ ދެ އެޕްލިކޭޝަން އެއްކޮށްލައި، ފޭސްބުކް އެޕްލިކޭޝަނުން މެސެޖިން ފީޗާ ޓެސްޓު ކުރަން ފަށައިފައެވެ.

މި ބަދަލާއެކު މިހާރު ގޭސްބުކް އެޕްލިކޭޝަނުގެ ކަނާތު ކަނުގައި އިންނަ މެސެޖިން ފީޗާ އަށް ފިއްތާލުމުން މެސެންޖާ އެޕްލިކޭޝަން ހުޅުވުމުގެ ބަދަލުގައި ފޭސްބުކް އެޕް ތެރެއިން ޗެޓުތައް ފެންނާނެއެވެ.

ނަމަވެސް މި ފީޗާއާއެކު މެސެންޖާގައި މިހާރު ހުރި ހުރިހާ ފީޗާއެއް ފޭސްބުކް އެޕްލިކޭޝަނުގެ ޗެޓުން ބޭނުމެއް ނުކުރެވޭނެއެވެ. ފޭސްބުކްގެ ޗެޓުން ހަމައެކަނު މެސެޖު ރިސީވް ކޮށް، ފޮނުވައި ހެދޭނީއެވެ. މެސެންޖާއިން ކޯލުކޮށް ގޭމް ކުޅެން މެސެންޖާ އެޕްލިކޭޝަން ބޭނުންވާނެއެވެ.

ފޭސްބުކް އިން މިހާރު ކުރާ އަނެއް މަސައްކަތަކީ އެ ކުންފުނިން މެނޭޖުކުރާ ހުރިހާ މެސެޖިން ޕްލެޓްފޯމެއް އެއްތަނަކުން މެނޭޖު ކުރެވޭގޮތް ހެދުމެވެ.

comment ކޮމެންޓް