"ކާޒްއައި މިކާލް އެއްކޮށް ގޮސް ލޯންޗަށް އެރިތަން ފެނުނީ. ޖިބްރީލްއަށް ގުޅިމަ ފޯނެއް ނުވެސް ނެގި....." އަޒިކިއަލް ބުނެލިއެވެ. އަމްރާން ކިތަންމެ ވަރަކަށް އެކަން ސިކުނޑިން އެއްފަރާތްކޮށްލަން އުޅުނަސް މިކާލްގެ އެނބުރި އައުމާއި ކާޒިމްއާއި އެއޮތް ގޮތްނޭގޭ ގުޅުމާއިމެދު ކަންބޮޑުވާ ހިސާބަށް ހިގައްޖެއެވެ. މިހާ ގިނަދުވަސްކޮށްލާފައި މިކާލް އައީ ކޮން ކުޅިގަނޑެއްކުޅެން ހެއްޔެވެ؟ "ހޫ އިޒް ހީ މިކާލް ސިއްރުކުރަނީ ކޮންކަމެއް؟ވައި ޑަޒް ހީ ކީޕް ޝޯވިން އަޕް؟އިޒް ހީ އެ ތްރެޓް..........."
"ކިހިނެއްވެފައި ބޭބީ؟ " ހަޔާތީ އަހައިލިއެވެ.
"މްމް...ނަތިން... އިމްޕޯޓެންޓް..."އަމްރާން ހަޔާތީގެ ނޭފަތުކޮޅުގައި ހިފައިލުމުން ނޭފަތް ރަތްވިއެވެ. އޭރު ލާވީ އަމްރާންގެ އަތުގެ ތެރެއިން ސޮއްސާލާފައި މާބްލް މައްޗަށް އެރި އައިޕެޑަށް ސަމާލުކަން ދިނެވެ. މަންމައާއި ބައްޕަ ވާހަކަދައްކަޏާ އެކަމަށް ލާވީ ވަގުތު ދިނުމަކީ އެހާ ޅައިރުއްސެރެ ހިފާފައިވާ އާދައެކެވެ. އަމްރާން މައްސަލައެއްނޫންކަމަށް ބުންޏަސް އޭނަގެ ދެލޮލުން ކަމެއް ސިއްރުކުރާކަން ހަޔާތީ ދެނެގަތެވެ. ކޮންމެވެސް ޚިޔާލުތަކަކުން ސިކުނޑީގައި ވަކި އަޅާކަން ވިސްނުނެވެ. ނަމަވެސް އަމްރާންގެ ޖުމްލައިން އެވާހަކަ ހިއްސާކުރަން ބޭނުންނުވާކަން އެނގުމުން އިތުރަށް ކޮންނާކަށް ނޫޅުނެވެ.
"ދިސް ޓޭންގްލްޑް އައި ލޭޝެސް...." ހަޔާތީ އަމްރާންގެ ކޮންމެ ލޮލެއްގައި ވަކިން ބޮސްދިނެވެ.
"މިނޫނީ އެހެން އަންހެންކުއްޖަކަށް މީހެއްގެ އެސްފިޔަތައް ސެކްސީވެގެން އުޅުނުކަމެއް ނޭގޭ......" އަމްރާން ހަޔާތީ ގެނެސްމޭގައި ޖައްސާ ބާރުކޮށްލަމުން ދެލޯ މަރައިލިއެވެ.
"އަންހެންކުދިން މަރުދަންޖެހޭނެ މި އެސްފިޔަތައް ނުލިބިގެން.."
"އައިމް އޯލް ޔޯސް. ހުރިހާ ކުދިން މަރުވިޔަސް އެންމެންގެ ހައްގަކަށް ވެވޭނެ ގޮތެއް ނެތެއްނު ބޭބީ. އަންހެންކުދިންނާއި ލޯތްބަކީ ކޯންޗެއްކަން ރޭކާލީއްސުރެން މިހިތުގައި ތި ނޫން އަންހެންކުއްޖަކު ނުވޭ. އައި ޑޯނޯ ހޫ އައިމް ވިދްއައުޓް ޔޫ ހަޔާތީ ބޭބީ. ވަރަށް ނަސީބު ރަގަޅުމީހެއްކަމަށް އަހަރެން ގަބޫލުކުރަން. މިއަދު ދުނިޔެއާއި ވަކިވެގެން ދިޔަސް ދާނީ އުފަލުން. ހަޔާތީބޭބީގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން ސަތޭކަ އަހަރުންވެސް އެހެން މީހަކަށް ދެވޭނެކަމެއް ނޭގޭ. އެންމެ ދުވަހެއްވެސް ވަކިން ނޫޅެވޭނެ.................." އަމްރާން ހަޔާތީގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. ހުޅިއެއްޖަހާލާފައި އޮތްއިރު ޝޭމްޕޫއެއްގެ ލުއި މީރުވަސް އަރައަރާ ހުއްޓެވެ. ކޮންމެ ގޮތަކަށް ސްޓައިލްކޮށްލާފައި ހުންނައިރުވެސް އެހާ ނަލައެވެ.
އެއީ ތެދެކެވެ. އަމްރާން ހަޔާތީއާއި ކައިވެނިކުރުމަށްފަހު ދުވަހަކުވެސް އަމްރާން ހަޔާތީ ބަހައްޓާފައި ރަސްމީ ދަތުރެއްގައިވެސް އެހެން ރަށަކަށް އަދި ގައުމަކަށް ޒިޔާރަތްކޮށްފައެއް ނުވެއެވެ. އަންހެނުންނާއި ދަރިފުޅަކީ އަމްރާންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ އެންމެ ޚާއްސަ ދެފަރާތެވެ. ރާއްޖެތެރޭގެ ރަށްތަކަށް ދެވުނީ މަދުފަހަރެއްގައެވެ. ކޮންމެ ތަނަކަށްދަތުރު ކުރިޔަސް އެމީހުން ނުލާ ދެވޭކަމަކަށް ނުވެއެވެ. ކުރިން އަމްރާން ރައްޔިތުންނާއި ދުރުން އުޅުނަސް ފަހަކަށް އައިސް އެކުވެރިގޮތެއް ހުރެއެވެ. ނަމަވެސް ކާޒިމްގެ ފިޔަވަޅުމަތިން ދުވަހަކު ނުހިގޭނެއެވެ. ކާޒިމް އެންމެނާއި ހިނިތުންވެލާ ކުޑަކުދިން އުރާ މުސްކުޅިންނާއި އެކު އިށީދެ ވާހަކަދައްކާލާ އެންމެނާއި ހިތްހެޔޮކަމާއެކު ވާހަކަދައްކާ ޚަބަރު އޮޅުންފިލުވާތީ ކާޒިމްވެސްވަނީ ރައްޔިތުންގެ ލޯބި ހޯދާފައެވެ. ނަމަވެސް އަމްރާންގެ ބީރައްޓެހި މިޒާޖާއިއެކުވެސް އެއޮތް ލޯތްބަކަށް ބަދަލެއްނާދެއެވެ. ރައްޔިތުންގެ ހިތުގެ ވެރިޔަކީ އަމްރާންއެވެ. ދައުލަތް ހިންގަން ކާޒިމްގެ ހިޔަނިފަދައިން އޭނަ ހުރީ ކާޒިމްއަށް ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ. އެކަން ނުދަންނަ މީހެއްވެސް މަދެވެ. ކާޒިމް ޒުވާނުންގެ މެދުގައި މަގުބޫލްވެ އޭނަގެ ފިކުރުވެސް އެހެންމީހުނަށް ކަމުދާ ރަގަޅު ފިކުރަކަށްވިއެވެ. އިސްލާމިކް ސްޓޭޓަށް ފަންޑު ކުރާ މީހަކީ އޭނަކަމުގައި ތުންތުންމަތިން އޭރު ކިޔަންފެށިއެވެ. ނަމަވެސް ސާބިތު ހެއްކެއް ފެންނާކަށް ނެތެވެ. އެއިން ކޮންމެ ޖަމާއަތަކީ އެފަދަ މުއްސަދިން ނޫނީ ބައެއް ގައުމުތަކުން ވެސް ފަންޑުކޮށް އެހީވާ ތަންތަނެވެ.
އެރޭވެސް އަމްރާން ގެއިން ނުކުތީ ލާވީ ނިންދަވާފައެވެ. އަމްރާން މޭމަތީގައި ބާއްވައިގެން ނިންދަވަން އާދަކުރިފަހުން ލާވީ ނިދުމުން ނޫނީ އަމްރާންއަށް ގެއިން ބޭރަށް ދިޔުމަކީ ވާނެކަމެއް ނޫނެވެ. ލާވީ ރޮއްވާލާފައި ދާވަރަށްވުރެ އަމްރާން އެކުއްޖާދެކެ ލޯބިވާލެއް މާ ބޮޑެވެ. އެއީ އަމްރާންގެ ފުރާނައެވެ.
ނިދާގޮތަށް ލާވީ ހޭލާނީ ހެދުނު ހަމަ އެއްގަޑިއަކަށެވެ. ނަމަވެސް އެރޭ ދިހައެއްޖަހަނިކޮށް މަޑުމަޑުން ކުކުރާހެން ހީވެގެން ހަޔާތީ ބަލައިލިއިރު ދަރިފުޅު ހުމާފިހެނީއެވެ. ހަޔާތީ ޝިފާގެ އާޔަތްތަކާއި އަލްހަމްދު ކިޔަވާފައި ލާވީގެ ގައިގާ ފެންފޮތިލާން ފެށުމުން ލޯ ހުޅުވާލާފައި ފުރަތަމަވެސް ގޮވީ ބައްޕައަށެވެ. ހަޔާތީ އަމްރާންއަށް ގުޅާފައި އަވަހަށް އަންނަން އެދުނެވެ. ދަރިފުޅު ހުމާ އަނދަ އަނދާއޮތްކަން އެނގޭއިރަށް އަމްރާން މާ ގިނައިރެއް ނުވެ އައީ ޑޮކްޓަރެއްވެސް ގޮވައިގެންނެވެ. ޑޮކްޓަރު ދަރިފުޅު ބަލާފައި ބުނީ ވައިރަލް ހުމުގެ އަލާމާތްކަމަށެވެ. ވައިރަލް ހުމަށް އޮތް ފަރުވާއަކީ ގިނަގައިން ދިޔާތަކެތި ދިނުމާއި އަރާމުކުރުމެވެ. ފެންފޮތި ލާ ހުން މަޑުކުރުމެވެ. އަދި ޕެރެސެޓްމޯލް ނޫން އިތުރު ބޭހެއް ނުދިނުމަށް އިރުޝާދުދިނެވެ.
އަމްރާންއާއި ހަޔާތީގެ ދެމެދުގައި ލާވީ ބާއްވައިގެން ދެމަފިރިން ދަރިފުޅަށް ހޭހަން ކުރަން ތިއްބެވެ.
"ލަވް ޔޫ ޑެޑީގެ ޕްރިންސް......." އަމްރާން ދަރިފުޅުގެ ހޫނު ނިތްކުރީގައި ތުންފަތް ޖައްސައިލީ ނިކަން ލޯބިންނެވެ. ސަރުކާރު ހޮސްޕިޓަލެއްގައި ޑެންގީ ޖެހި ލާވީގެ އުމުރުގެ ކުއްޖަކު ނިޔާވިކަން މިއަދު އެނގިފައިވާތީ އަމްރާންއަށް ލާވީގެ ބަލިކަން އެނގި ހިތުގައި ބިރުވެރިކަމެއް ހިނގައިލިއެވެ. މިދުވަސްކޮޅު ވައިރަލް ހުންތައް މާ ގިނަވެ ޑެންގީ ޖެހުން އިތުރުވާތީ އޭނަވަނީ ކެބިނެޓާއި މަޝްވަރާކޮށްފައެވެ. މަދިރި ނައްތާލުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން އޭނަވަނީ ބާރު އަޅާފައެވެ.
އުފަމޯލް ދިނުމަށްފަހު ލާވީއަށް ނިދުމުން އަމްރާންއާއި ހަޔާތީ އަތުގެ އިގިލިތައް މަހާލައިގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ހަޔާތީއަށް ނިދުނުއިރުވެސް ލާވީގެ ހާލު ބޮޑުވެދާނެތީ އަމްރާން ހޭލާއިނެވެ. ފެންފޮތިލާ ދިނެވެ. ކުއްލިއަކަށް ހަޔާތީ ނިދީގައި އޮވެފައި "މިކާ" އޭ ކިޔާފައި ދެތިންފަހަރު ހަޅޭއްލަވައިގެންފާ ހޭލެވުނުއިރު ފިނިދަލެއް ހިއްލާލައިފިއެވެ. މޭވެސް އެކިގޮތްގޮތަށް ތެޅެމުންދިޔައެވެ. ހަތަރެސްފައި ފިނިކަމުން ގަނޑުފެންކޮޅެއްފަދައެވެ.
"ވޭކްއަޕް ވޭކްއަޕް ބޭބީ. އިޓްސް އެ ޑްރީމް. ރިލެކްސް.........."އަމްރާން ހަޔާތީގެ ގައިގާ ހިފަހައްޓަމުން ވާހަކަދެއްކީ އޯގާތެރިކޮށެވެ.
"ސުބުހާނަﷲ ހާދަ ރިއަލް ކޮށް އެ ހުވަފެން ފެނުނީ.........."ހަޔާތީ ރަގަޅަށް ހޭލެވި އަމްރާންއާއި ހަތަރުކަޅިހަމަވުމުން ކުށްވެރި އިހުސާސްތަކެއް ކުރެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނަ ހުވަފެނުގައި އެހާ ހާސްކަމެއް ލިބި ރޮވުނީ މިކާލް ފުންވާދީއެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ބިރުވެރި މަންޒަރުފެނިފައެވެ. މިކާލްގެ ނަމުން އޭނަ އެތައްފަހަރު ގޮވިއެވެ. ފަހަތުން ގޮސް މިކާލްގެ ގައިގާ ހިފަހައްޓަން އޭނަ އުޅުނަސް ދެފައި އައްސިވެ ހަރަކާތެއް ނުކުރެވުނެވެ.
"މިކާލް އަށް ކަމެއްވެގެން އުޅެނިކޮށް ފެނުނީތަ؟ މިކާލް އެނބުރި އަންނަންވީމަ ފެނުނު ހުވަފެނަކަށް ތި ވާނީ............................" އަމްރާން ހަޔާތީގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލަދިނެވެ. ހަޔާތީ އޮތީ ލަދުގެންފައެވެ. މިކާލްގެ ނަން ކިޔުނީ ހުވަފެނުގައި ހަމައެކަނިއެއް ނޫނެވެ. ހޭލެވިގެންވެސް އޭނަ ގޮވީ މިކާލްއަށެވެ. އަމްރާންގެ އެޖުމްލަ އެކަމަށް ހެކިދިނެވެ.
"ވަޓް؟ "
"އޭނަގެ ނަމުން ކިޔުނީތަ..........ބިރުވެރި ހުވަފެނެއް ފެނުނީމަ މިކާލްއަށް ގޮވުނީ. އައިމްސޮރީ.............." ހަޔާތީ ތެދުވެ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން ހުޅިއެއް ޖަހާ އިސްތަށިގަނޑު ގައިދުކޮށްލައިފިއެވެ. ދޮން އޮމާން ކަނދުރާ ވަކިން ބޮޑަށް ހާމަވިއެވެ. މޫނަށް އަތުން ވިހެލިއެވެ. މިއޮތް ފިނި އަރާމް މާހައުލުގައިވެސް އޭނަ އުދާސްވެ ދާ ހިއްލާލައިފިއެވެ.
"މިކާލް އިޒް ބެކް. ބީ އޮނެސްޓް ވިތް މީ ހަޔާތީ ބޭބީ. މެރީކޮށްގެން އުޅުނުއިރު ދެމީހުން އެކީ ސްލީޕްނުކުރާކަން އެނގުމުން އިޓް ވޯޒް ސޯ ޝޮކިން. ހިތަކަށްވެސް ނާރާ މިކާލް އެހާ ކެތްތެރިވާނެއޭ. މީންސް ހީ ރިއަލީ ކެއާސް ފޯ ޔޫ ދޯ. އެހެންވީމަތާ އެހާ ދުވަސްވަންދެން އެކީ އުޅުނުއިރު މައިތިރިވެގެން ހުރީ. އެކަމަކު ބޭބީ ޓެލްމީ. ހިތުގައި އޭނައަށްޓަކާ އެއްވެސް އިހުސާސެއް ނެތްތަ. ސްކޫލް ދުވަހުންފެށިގެން ހެޔޮއެދޭ އެންމެ އަޅާލި އަދި އެންމެ ބޭނުންވީ ދުވަހު އެހީތެރިވެ މީހަކަށް ހަދާދިން މީހަކަށްޓަކާ ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ހުންނާނެކަމަށް ގަބޫލުކުރެވޭ. މިކާލްދެކެ ލޯބިއޭ ކިޔައިގެން އުޅެފައި އެހާ އަވަހަށް ލޯބި ހިތުން ފިލުވައިލެވޭނެތަ؟ އަދިވެސް އަހަރެމެން ދެމީހުންދެކެ ލޯބިވެވެނީތަ؟"
"ކޮންކަހަލަ ސުވާލުތަކެއް. މިކާލްއަކީ މާޒީގެ ޗެޕްޓާއެއް. ދެން އެބާބު ހުޅުވުމެއްނެތް. ހީ ލެފްޓް މީ...ވަރަށް ދުވަސްވާންދެން އެކަމާއި ހިތާމަކުރިން. އާ ހަޔާތެއް ފަށާކަށް ފަސޭހައެއްނުވި. މަންޒިލެއް މަގުސޫދެއްނެތި އޮޔާ ގެނބެމުންދަނިކޮށް އަތުގައި ހިފި ފަރާތަށްޓަކާ އުމުރު ހުސްކޮށްލަން ހިތާހިތުން ވައުދުވިން. ރެންއާއިއެކު އުޅެން ޖެހޭ ވަރަށް ގިނަ ސަބަބުތައް ވި. އެންމެ ކުރީގައި އޮތް ރީޒަނަކީ ތީ އެންމެ ލޯބިވާ އިންސާނާކަމަށްވާތީ. ފަސްޓް ލަވް ކަމަށް ވާތީ.............." ހަޔާތީ އަމްރާންގެ މޭގައި ބޯ އަޅައިލަމުން އެހިތުގެ އަޑުއަހަން އިރުކޮޅަކު ހުރެލިއެވެ. މިކާލް އެނބުރި އައި ޚަބަރުން އިވުމުން ސަޕްރައިޒަކަށްވެސް ނުވިއެވެ. "ފެނިގެއްލިދާ " މިކާލް ވީމައެވެ. އަދި އައިލެއް ތަންކޮޅެއް އަވަހެވެ.
"ހަޔާތީ. އަހަންނަށް އެނގެންބޭނުންވަނީ ސަސްޕިޝަސްވާފަދަ އެއްވެސްކަމެއް މިކާލްގެ ފަރާތުން ފެނުނުތޯ....................."
"މޭބީ.....އެގޭގައި ތިޖޫރީއެއް.." ހަޔާތީ ކުއްލިއަކަށް ދުލުގައި ދަތްއެޅިއެވެ. އެހާވަރުން މިކާލް ސިއްރުކުރަން ބުނެފައި އޮތްވާ އޭނަ އަނގަގަދަކަމުން އެވާހަކަ ބުނެވުނީއެވެ. އޭނަގެ ފާފަ ފުއްސަވާށިއެވެ.
"ހީ އިޒް އެ ބައޯކެމިސްޓް. އެކަންވެސް އެނގުނީ ސިއްރުން ފޮރުވާފައި ހުރި ލިޔުންތައް ފެނުނީމަ......."
"ހޫމް. އޭނަ ބޮންހަދާކަން އެނގުނީ ވަރަށް ފަހުން. އޭނަ ވޯކްކުރަނީ ކޮންމެވެސް ބަޔެއްގެ އެޖެންޓެއްގެ ގޮތުގައި. ކާޒްއަށް ހުރިހާ ސިއްރެއް އެނގުނަސް އޭނަވެސް އެހެރީ ފޮރުވައިގެން. އެކަމަކު ރާއްޖޭގައި ގޮއްވި ބޮން ހެދި މީހަކީ މިކާލްކަން ގެރެންޓީވެއްޖެ. ބަޓް......އޭނަ ޓެރަރިސްޓަކަށްވިޔަސް ހަޔާތީއަށްޓަކާ އެހިތުގައިވާ ލޯބި އެނގުނީމަ ވަރަށް އުދަގޫވެއްޖެ. ކާޒް އަހަރެންގާތު ބުނި އެއްޗެއް އެނގޭތަ؟ މިކާލް ބުންޏޯ ދުވަހަކު މީހަކާ ނީންނާނަމޭ. ހަޔާތީއަށް ރަގަޅަކަށޭ ދުރަށް ދިޔައީ. މިހާ ގިނަ އަހަރުތަކެއްވީމަ ހީކުރީ އޭނަގެ ލޯބި ފަނޑުވާނެކަމަށޯ. އެކަމަކު ހައްތާ ލޯބި އިތުރުވަނީޔޯ. އެކަމަކު ދުވަހަކު އުދަގުލެއް ނުކުރާނަމޭ."
"ހާދަ މާތްވާންވެގެން އުޅެނީ........." ހަޔާތީގެ ސިކުނޑީގެ ކަނަކުން މިކާލްގެ ޚިޔާލުތައް ފްލޭޝްވެލިއެވެ. ފޮރުވާފައިވާ މާޒީ އަލުން އިއާދަކުރަން ނޫޅުނަސް އަމްރާން މިކާލްގެ ވާހަކަދެއްކުމުން އެހަނދާންތައް އާވެގަތެވެ. މިހުރިހާ ދުވަހު އޭނަވަނީ މިކާލް އޭނައަށްޓަކާ މަރުވެފައިވާ ކަމަށް ނިންމާފައެވެ. އެ ލޯތްބާއި ހަނދާންތައް އެންމެ ފުނުގައި ފޮރުވައިފިއެވެ. ނަމަވެސް އަމްރާންގެ ސަބަބުން މިކާލް އަލުން ވުޖޫދަށް ގެނުވައިފިއެވެ. ހަނދާންތައް ކަނި ކަނި ޖަހަންފެށިއެވެ.
"މިސާލަކަށް އަހަރެން ނެތްދުވަހަކުން ހަޔާތީ އޭނައާއި މެރީ ކުރާށޭ ބުނެފިއްޔާ..........."
""ވަޓް؟" ހަޔާތީ ދެލޯ ބޮޑުކޮށްލާފައި އަމްރާންގެ އަތުގައި ދެތިން ބޮނޑިއެޅިއެވެ. "އައިމް ނޮޓް ޓޯކިން ޓު ޔޫ މިސްޓަރ އަމްރާން އަބުދުލްއަޒީޒު. މިއޮތް ދަރިފުޅާއިމެދު ވެސް ވިސްނާނުލާ ތިކަހަލަ ވާހަކަދައްކަނީ. އައި ވޯންޓް ޓު ގްރޯ އޯލްޑް ވިތް ޔޫ. ބޭނުމީ މުނިމާމަ ކިޔާކުދިން ލިބެންދެން އެކީ އުޅުން. އިސްތަށިގަނޑު ހުދުވެ ދަތްކޮޅުފައިވާ އަސާ ޖަހައިގެން ގުދުލައިގެން ހިނގާ އަޖޫޒަކަށް ވިޔަސް ހަމަ މިއަތުގައި ހިފައިގެން އެކީ ކުރިއަށްދާން. ޕްލީޒް މާޔޫސީ ވާހަކަނުދައްކަބަލަ..................."
"ހަޔާތީ ލަވް. މިހާރު އެތިއެސްޓުންގެ ޕޭޖްތައް ބްލޮކްކުރުވަން ފެށީމަ އެމީހުން ވަރަށް ރުޅިއައިސްގެން މަރުގެ އިންޒާރު ދޭން އެފެށީ. ލާދީނީ މީހުން މައިތިރިވެފައި ތިއްބާ އަނެއްކާ ކޮމަންވެލްތް ކަހަލަ ތަންތަނުން ފިޔަވަޅު އަޅަންފެށުމުން ސަރުކާރާއި ދެކޮޅުވާން ފެށީ. އެއްވެސް ތަނެއްގައި އެންމެން ރުއްސައިގެން އުޅުމަކީ ކުރެވޭނެކަމެއްނޫން. ކޮންމެވެސް ބަޔަކަށް ނާއިންސާފުވާފަދަ ގޮތަކަށް ވެރިކަން ކުރެވޭނީ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި މި ގައުމު ބާއްވަން ކުރާ މަސައްކަތާއި ދެކޮޅު ހަދަނީ ހަމައެކަނި އެތެރެއިން ނޫން. ބޭރުގެ ނުފޫޒް މާ ބޮޑު. އެހެންނޫނަސް ހަޔާތީ. ބޭބީވެސް ބުނަމެއްނު ކޮންމެ ދުވަހަކުވެސް މަރަށް ތައްޔާރުވެގެންނޭ ތިބެން ވާނީ. ކޮންމެ ރެއަކު ނިދާއިރު ހެދުނު ލޯ ހުޅުވާނެކަމަށްވެސް ބަލައިގެން ނުވާނެއޭ. ހިޔަނިހެން މަރު ކައިރީވައި ވާނެއޭ. މިފަދަ ގައުމެއްގައި ވެރިޔަކަށް ހުންނަ މީހަކަށް ކޮންމެފަދަ ވަގުތަކު ހަމަލާއެއް ދީފާނެ......."
"ޔަޕް. ސޯ އަހަރެންވެސް ވަސިއްޔަތް ނާމާއެއް ތައްޔާރުކުރާނަން............" ހަޔާތީ ކުޑަކޮށް ހީލިއެވެ.
"ޕްރޮމިސް މީ. އިފް އެނީ ތިން ހެޕެންސް ޓު މީ..... މެރީ މިކާލް.." އަމްރާން ސީރިޔަސްވިއެވެ.
"ޕްލީޒް........އައި ބެގް ޔޫ." ހަޔާތީ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްލިއެވެ.
"ހަޔާ ބޭބީ ބޭނުންވާ ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން. މިއީ އަހަރެންގެ ވަސިއްޔަތް. އިފް ސަމްތިން ހެޕެންސް އަހަރެން ބޭނުން މިކާލްފަދަ ހަޔާބޭބީދެކެ އެހާ ލޯބިވާ ރަގަޅު މީހަކު ރައްކާތެރިކަން ދީ ހިމާޔަތްދޭން ކައިރީގައި ހުންނަން............................"
ހަޔާތީ ގެ ގިސްލުން ބާލީސް ފޫދުއްވާފައި އައިސް އަމްރާންގެ ކަންފަތުގައި ޖެހުނެވެ. ހަޔާތީ ގަދަކަމުން ބާލިސް ނައްޓުވާފައި ގެނެސް މޭގައި ޖައްސާފައި ހަޔާތީގެ ނިތުގައި ބޮސްދިނެވެ.
"ހޭ....ޑޯންޓް ކްރައި. އެވްރީތިން އިސް ގޮނަ ބީ އޯކޭ އައިމް ސްޓިލް ހިއާ...." އޭނަ އެހެންބުންޏަސް އޭނަގެވެސް ދުޢާއަކީ އުމުރުހުސްވަންދެން އެކީގައި އުޅުންކަމަށާއި ސުވަރުގޭގައި އެކީ އުޅުމުގެ ނަސީބު ދެއްވުމަށެވެ.
ހަޔާތީ ނަމާދުކޮޓަރިއަށް ވަދެ ދެ ތަހައްޖަދު ނަމާދުކޮށްގެން ދުޢާކުރަން ދެއަތް އުފުލާލައިގެން އިންއިރު ދެލޮލުން ކަރުނައިގެ މުތީތައް ތިރިއަށް ދެމުނެވެ. ރޭގަނޑު ތިންބައިކޮށްފައި ފަހު ބައިގާ އެ އިލާހު ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާއިރު ދަމު ނަމާދުކޮށް ދުޢާކޮށް ފާފަފުއްސެވުމަށް އެދި ދެންނެވުމަކީ މުސްލިމުންނަށް ނިދީގެ ފޮނިކަމަށްވުރެ ހިތަށް ފިނިކަން ލިބި ދެދުނިޔެ ބާއްޖަވެރިވާނެކަމެކެވެ. މާތްﷲ ލޯބިވެވޮޑިގަންނަވާ ހުރިހާކަމެއް ކުރުމަކީ ހަޔާތީގެ ދިރިހުރުމުގެ އެއް މަގުސަދެވެ. އެލޯބިފުޅު ހޯދަން ކުރަންވީ ދާދި މަދުކަމެކެވެ. މަޑުމައިތިރިކަމާއި ޚުޝޫއަތް ތެރިކަމާއިއެކު ގުރުއާނުގެ މާނަ ދެނެގަނެ ކިޔެވުމާއި ހުރިހާ ވަގުތެއްގައި ހެއްދެވި ފަރާތަށް ޒިކުރުކޮށް ހަދާންކުރުން ވީހާވެސް ގިނައިން ސުންނަތް އަޅުކަން އަދާކުރުން އަބަދުވެސް ހިތްތިރިކުރުން ހެއްދެވިފަރާތާއި ގުޅުން ކިލަބުކޮށްލާ ކޮންމެ ކަމަކާއި ދުރުހެލިވުން ހިތް އެދޭ ކަންތައްތަކަށްވުރެ ހެއްދެވިފަރާތް ލޯބިވެވޮޑިގަންނަވާ ކަންތައްތަކަށް އިސްކަން ދިނުން އިސްމުފުޅުކިޔެވުން ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުކުރުން ފަދަ ކަންތައްތަކެވެ. ދުނިޔޭގެ ނިއުމަތްތަކަށް ހިތް ހުސްކޮށްގެން އަބަދަށްޓަކާ ތިބޭނެ ބިނާކަމުގައި ދެކެގެން ނުވާނެކަމަށް ހަޔާތީ ކޮންމެ ދުވަހަކުހެން ހިތަށް ވިސްނައިދެއެވެ. މިހުރިހާ ނިއުމަތަކީ ފިލައިގެން ދާނެ ތަކެއްޗެވެ. ދާއިމީ އުފަލާއި ނަސީބަކީ ސުވަރުގެއެވެ.
ހަފްތާއެއް ފަހުން އަމްރާންއަށް އިސްލާމިކް ރިޒޯޓެއް ހުޅުވަން ދައުވަތު ލިބުނެވެ. ހަޔާތީ އަދި ލާވީވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ހުދު ސޫޓާއި ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި އަމްރާންއާއި ލާވީ ތިބިތަން ފެނުމުން އެސްފީނާއިން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. އެންމެންގެ ސަމާލުކަން ހޯދި ކުޑަތަރިއަކަށް ލާވީ ވެ ނޫސްތަކުގަ ލާވީގެ މޫނު މަޝްހޫރުވިއެވެ. އެކުޑަ އާއިލާދެކެ ހަސަދަވެރިވީ އަންހެންކުދިން މަދެއްނޫނެވެ. ޚާއްސަކޮށް ޒީކްއާއި މިނާއަށް އެ މަންޒަރު ޓީވީއިންނާއި ނޫސްތަކުން ފެނުމުން ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ހަޔާތީއާއި އެކުވެރިވެވުނުނަމަ އެމީހުންވެސް އުޅޭނީ ސަޖަލްފަދައިން ހަޔާތީއާއިއެކު ނޫންހެއްޔެވެ؟
އިންތިޚާބު ބޯމަތިވެފައި ހުއްޓާ ހީވެސް ނުކުރާފަދަ ގޮތަކަށް ބޭރު ގައުމުތަކުން އަމްރާންގެ ސަރުކާރާއި ދެކޮޅަށް އިގުތިސާދީގޮތުން ފިޔަވަޅުއެޅިއެވެ. ބައެއްގައުމު ތަކުން ވިސާގެ ދަތިތައް ކުރިމަތިކޮށް ރިޒޯޓުތަކަށް ޓޫރިސްޓުން އައުން މަދުކުރަން ފިޔަވަޅުތައް އަޅަންފެށުމުން ކޮންމެވެސް ވަރަކަށް ސަރުކާރާއި ދެކޮޅުމީހުންނަށް ލިބުނު ހިތްވަރަކަށްވިއެވެ. މައިތިރިވެ ހިމޭންކަން ޚިޔާރުކޮށްގެން ތިބި ލާދީނީ މީހުންނާއި ސަރުކާރަށް ނަފްރަތުކުރާ މީހުން ފާޅުގައި ނުކުތެވެ. މުޒާހަރާތަކުން މަގުމަތި ހަލަބޮލިވެއްޖެއެވެ. އ.ދ އާއި ކޮމަންވެލްތުން އެހާ ބޮޑަށް ރާއްޖޭގެ ސަރުކާރާއި ދެކޮޅުވެ އިންޒާރު ދިނީ ދީނީ މިނިވަންކަން ނުދިނުމާއި އިސްލާމިކް ޝަރީއަތް ހިންގަންފެށީމައެވެ. ފާޅުގައި ދީނާއި ދެކޮޅަށް ވާހަކަދައްކަ މީހުން ގިނަވެފައިވަނިކޮށް ސަރުކާރުންވަނީ އެމީހުން ހުއްޓުވާފައެވެ. ސޯޝަލް މީޑިއާ ފޭސްބުކް އަދި ޓްވިޓާފަދަ ތަންތާ ފާޅުގައި ދީނަށް ފުރައްސާރަކުރާ މީހުންނާއި ބްލޮގްތަކާއި ވެބްސައިޓް ހެދިމީހުން ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ.
ސަރުކާރަށް ފިއްތުންތައް ކުރިމަތިވާންފެށުމުން ތާއީދުކުރާ މީހުންގެ ތެރެއިން ދީނީ މީހުންތައްވެސް ހިގާލުމެއް ބޭއްވިއެވެ. އެމީހުންގެ ހިގާލުމުގައި އަލްގައިދާއިން ބޭނުންކުރާފަދަ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ކަޅި ދިދަ ބޭނުންކުރިއެވެ.
"ބޭނުމީ ޝަރީއަތް. ފެހި ފޮތް ބޭނުމެއްނޫން. އިސްލާމް ދީން މުޅިދުނިޔެއަށް ފެތުރޭނެ ފަދަ އިބާރާތްތައް ޖަހާފައިވާ ބެނާސް ތައް ހިފައިގެން އެމީހުން ބޭނުންވީ އިސްލާމީ ޝަރީއަތަކީ ވާޖިބެއްކަން އެންމެނަށް އެންގުމަށެވެ.
އެރޭ އެލްޑީޕީގެ ޒުވާނުންގެ ޖަމްއިއްޔާއިން އެއްވުމެއްބޭއްވިއެވެ. ސޫފިޔާން ޕޯޑިއަމްއަށް އަރާ ހުރެ ޖޯޝާއިއެކު ދެއްކި ވާހަކައިން އެންމެންގެ ލޭ ހޫނުވެ ފޯރިގަދަވިއެވެ.
"ކޮމަންވެލްތުން ފިޔަވަޅުއެޅިޔަސް އަހަރެމެންނަށް އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއްނުވާނެ. ކާބަފައިން ދިރިއުޅުނީ މަހާއި ދަނޑުގޮވާންކޮށްގެން އަލައާއި ބަބުކެޔޮފަދަ ތަކެތި ކައިގެން ނުލާހިކު ސިއްހަތު ރަގަޅު ދިރިއުޅުމެއް. އިގުތިސާދީގޮތުން ފިޔަވަޅު އަޅާ ބަނޑަށް ޖެއްސިޔަސް އަދި އަހަރެމެންގެ ހިތްވަރެއް ނޭލޭނެ. ރިޒުގު ދެއްވަނީ ކޮންފަރާތަކުންކަން އަހަރެމެން ހަދާން ނައްތާލައިގެން ނުވާނެ. އެމީހުން ވިސާ ނުދިނަސް މިހާރު ހެވޭ. ބަލިމީހުންނަށް ފަރުވާދެވޭނެ އެންމެ ފެންވަރު ރަގަޅު ހޮސްޕިޓަލްތައް އަހަރެމެންގެ ވެރިޔާ އަމްރާން އަބުދުލްއަޒީޒުވަނީ އަޅުއްވާދެއްވާފައި. އެމީހުން ގެރިއަށާއި ހިލައަށް އަޅުކަންކޮށް އެއްޖިންސުން ކައިވެނިކުރުމާއި އެބޯޓްކުރަން ހުއްދަދޭއިރު އަހަރެމެންގެ ގައުމުން އެމީހުންނާއި ދެކޮޅަށް އެއްޗެކޭ ނުބުނަމެއްނު. ވީއިރު އަހަރެމެންގެ ދީނުގައި އަންގަވާފައިވާގޮތަށް ފިޔަވަޅުއެޅީމަ އެމީހުން ލޮލަށް ނިދިނައިސް އަތްގަދަކުރާން އުޅޭނެކަމެއް ނެތް. މިކަންތައް ނުހުއްޓުވޭނެ. ދީނަށްޓަކާ ގުރުބާންވާ ޒުވާނުން ފެންނަން މިތިބީ"
"މަރަށް މަރު ހިފުމާއި ދެކޮޅަށް ދައުވާ ކުރާމީހުންނަށް ބުނެލަން އޮތީ ކޮބާހެއްޔޭ މަރުވެގެން ދާ މީހުންގެ ހައްގުތައް. އެމީހުންނަށް އިންސާފު ލިބެނީ ގާތިލު ޖަލަށްލާފައި މީރުކޮށް ކާންދީ އޭނަގެ ހައްގުތައް ފުރިހަމައަށް ލިބޭތޯ ބަލަން ހިއުމަން ރައިޓްސް އެކްޓިވިސްޓުން ދެއިރު ދެދަޅައަށް އައުމުންތޯ؟ ވައްކަން ކުރާ މީހާގެ އަތް ކެނޑުމުން އުދަގޫވެ އިންސާނުންގެ ކަރާމަތަށް އަރައިގަންނަކަމަށް ބުނާ މީހުން ގޮސް މުސްލިމް ގައުމުތަކަށް ބޮން އަޅާ ޅަދަރިންތައް މަރާ އަތާއި ފައި ކަނޑަންޖެހޭ ހިސާބުގައި އޮތީ. އެމަންޒަރުތައް ލޮލަށް ނުފެންނާތީ އަހަރެމެންނަށް ނުވިސްނެނީ. ކިތައް މިލިއަން ކުދިން ނުކުޅެދޭ މީހުންނަށް ހަދާ ނަފްސާނީގޮތުން އަނިޔާކުރިތޯ ބަލާލަބަލަ. ކިތައް ކުދިންގެ ގުނަވަންތައް ހަށިތަކާ ވަކިވަނީ. ރަހުމާންވަންތަ ރަހީމް ވަންތަ ކަލާގެ މިހުރިހާ ކުށްތައް ހުއްޓުވަން ވަކި ހުކުމް ތަކެއް ކަނޑައެޅުމުން އެކަން އިމްޕްލިމެންޓްކުރުމަކީ އަހަރެމެން މުސްލިމުންނަށް ވާޖިބެއް. އދ އިން ފިޔަވަޅު އެޅިޔަދީ. ކޮމަންވެލްތުން އިންޒާރުދީ. އަހަރެމެން މިތިބީ ހުރިހާ ކަމަކާއި ކުރިމަތިލާން ތައްޔާރަށް. މިހާރު އިންތިޚާބު ކައިރިވެފައި އޮތްވާ ފިޔަވަޅު އެޅުމަކީ ނުފޫޒު ފޯރުވުން ނޫންބާ.........." ސޫފިޔާން ޖޯޝާއެކު ދެއްކި ވާހަކަތަކަށް ތަރުހީބު ލިބި ހަޅޭކުގެ އަޑު ގަދަވިއެވެ.
ކާޒިމްއާއި މިކާލްގެ ނަޒަރު ހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ. ސޫފިޔާންގެ ފޯރިގަދަ ވާހަކައަށް ކާޒިމްއާއި މިކާލް ތާއީދުކޮށް ތައުރީފުކުރިއެވެ. ދެން ދައްކަންފެށީ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާއެކެވެ. ދުންއަރަ އަރާހުރި ކޮފީއަށް އިންސާފުކުރަމުން ދިޔައިރު ދެމީހުންގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހިފައިވާކަމުގެ ކުލަވަރެވެ.
"މިއޮތް ޖޯކަރަކު ދައްކާ ވާހަކައިން ހީހީ ބަލިނުވިއްޔާ ދެރަ. ކްލައުންވެސް ތިބެންވާނެ ދޯ. އޭރަށްތާ އެންޓަޓެއިންވާނީ. ގާނޫނު ހަދާތަނެއްތަ؟ ނޫނީ ޒުލެއްތަ؟ " މިކާލް ޖޯކުޖެހިއެވެ. "ސީރިޔަސްކޮށް ބްލެކް ހޯލްއަކަށް ލާފައި ގެއްލުވާލަންވީ އެކަކު މި އިބުލީހަކީ......................."
"ބްލެކް ހޯލުން ވައްދާގޮތަށް ވައިޓްހޯލްއިން ނެރެގެން ނޫނީ އެކަހަލަ މީހުންނަށް އެއްޗެއް ނުވިސްނޭނެ. އެކަހަލަ މުރުތައްދުންނަށް ކުޅަދުންވަންތަކަން ބޮޑަށް އަދި ފެންނާނީ އޭރުން. ލޮލަށް ނުފެންނަ އަޖައިބުތަކަށް ވިސްނާ ފިކުރުކުރާން ނޭގޭތީ ފާޑުފާޑަށް ވާހަކަ ދައްކަނީ. ޑާކް މެޓާ ޑާކް އެނާޖީ ބިގްބޭންގް ބްލެކް ހޯލް ވޯމް ހޯލްއޭ ބުންޏަސް ހީކޮށްފާނެ މެޓާ އަކީ ކާއެއްޗެއްކަމަށް އަދި ބްލެކް ހޯލްއަކީ ދުންހޮޅިކަމަށް. އިސްރާ މިއުރާޖުގެ ވާހަކަ އިވުނީމަ އަބޫޖަހުލުވެސް ގަބޫލުނުކޮށް ދެކޮޅުވީ. އެމީހުންނަށް އަދި މި ޒަމާނުގެ މަތިންދާ ބޯޓުތަކާއި ޓެކްނޮލޮޖީ ފެނުނީމަ ހަމަ ކޮސްވާނެ. މިހެން ބުނާއިރުވެސް ގަމާރުވެގެން ނޫންކަމާއި ހިދާޔަތް ނުލިބޭތީ ދީނަށް ފުރައްސާރަކުރަނީކަން އެނގޭ..............." މިކާލް ކޮފީތަށި އެއްކޮށް ހުސްކޮށްލިއެވެ. މިކާލްގެ ވާހަކަތައް ގަޔާވެ އިނދެ ކާޒިމް ހޭންފެށިއެވެ.
"އާމެގަޑަން މަތިން ހަދާންވީ. މިހާރު ފިލްމު ބެލުންފަދަ ބޭކާރު ކަންތަކަށް ވަގުތެއް ނުދެވޭ އެކަމަކު ގޭމް އޮފް ތްރޯންސް ކިޔާލިން............."
"ސައިފްރަސްގެފާނުގެ ޒަމާނީ ވާޝަންދޯ. މާ ބޮޑަށް ފެންޓަސީވެފައި. އެކަމަކު ދެން ސަޅި........."
"އައި އެސް ބޯއިސް އިންނަށްވެސް ގޭމް އޮފް ތްރޯންސްއަކުން ސަލާމަތެއް ނުވެވޭ ދޯ. މިކާ އެނގޭތަ؟ އަހަރެން ހިތަށް އަރާ މިކާގެ ނަސީބު ހާދަ ރަގަޅޭ. އެހާ ގިނަ ކަންތައްތަކާއި ކުރިމަތިވެ ސަލާމަތްވާނީ ހަމަ ރިއަލް މުޖާހިދުންވީމަކަން ޔަގީން. ވަރަށް ކޫލް އިނގޭ. ފަންޑުކުރަން ފެންފަދައިން ފައިސާ އޮއްސާލާއިރު އަހަންނަކަށް ނުކެރުނޭ ޖިހާދުގެ މައިދާނަށްދާން. ކިހާ ފިނޑި........." ކާޒިމް މިކާލްއަށް ހިތުގެ އަޑިން ތައުރީފުކުރިއެވެ.
"ނޮޕް ތީ ހަމަ ހީރޯއެއް. ފަންޑުކުރާ ބަޔަކުވެސް ތިބެންވާނެ. ކުރީގެ ސަރުކާރު ނަމަ އަހަރެން މިހާރު އޮތީހީ ޖަލުގައި................."
"މިކާ ދެން ކޮން ޕްލޭނެއް އޮތީ؟ އަދިވެސް ހަމަ ޖިހާދުކުރުމުގައި ދެމިހުންނާނީ؟ " ކާޒިމް އަހައިލިއެވެ.
"އަދިވެސް އިހުސާސްކުރެވެނީ ހުސްއަތާ ހުރި ކަމުގައި. ބޭގް ވަރަށް ލުއި.......ދަބަސް ވީހާވެސް ބަރުކޮށްލައިގެން ދާއިމީ ގޮވެތްޗަށް ދާންވާނީ. ދަތުރު ހެދުމުގައި މިއުޅެނީ. އެކަމަކު ހިތް ހަމަޖެހޭވަރަށް އަދިވެސް އެކަމެއް ނުކުރެވޭ. އަހަރެމެން މިހެން ވަގުތުތައް ބޭކާރުކޮށް ދުނިޔަވީ އުފާތަކުގައި މަޝްޣޫލުވެގެން ތިއްބާ މަލަކުލްމައުތު ވަޑައިގަތީމަ އިރުކޮޅަކަށް މަޑުކޮށްދޭށޭ ނަމާދާއި ރޯދަ ހިފާ ޒަކާތްދީ ހައްޖުވާން އެބަޖެހެއޭ ނުވެސް ބުނެވޭނެ. އަހަރެމެންގެ ފޮޓޯތައް ސޯޝަލް މީޑިއާއިން ނަގަންދެން މަޑުކޮށްލަދެއްވާށޭ ނުބުނެވޭނެ. އެންމެ ސިކުންތުކޮޅެއް އަވަސް ނޫނީ ލަހެއް ވެސް ނުވާނެ......................." މިކާލްގެ ވާހަކަތައް އަހަން ކާޒިމް އިނީ ޝައުގުވެރިކަމާއިއެކުގައެވެ.
"މިކާ މާ ވަރަށް މަރާއި ދޭތެރޭ ތިވިސްނަނީ؟ "
"ކުރީ ދުވަހު ހުވަފެނުގައި ފެނުނީ .....މަންމަ.........................." މިކާލްގެ ރީތި ދެލޯ ފެންކަޅިވިއެވެ. ދެލޮލުން ފެނުނު ހިތާމައިގެ ކުލަވަރުން ދެކޭމީހުންގެ ހިތްތައް ހަމްދަރުދީއިން ފުރުވައިލާނެއެވެ. ކާޒިމްއަށް މިކާލްގެ ހިތާމަ އިހުސާސްކުރެވުނެވެ. މިކާލް އަމިއްލައަށް މަރުވީކަމަށް ހީކޮށް މިކާލްގެ މަންމަ ހިތްފަޅައިގެން މަރުވީއެވެ. ނުލާހިކު ލޯބިވި ފިރިހެންދަރިފުޅު އެފަދަ ގޮތަކަށް ދުނިޔެއައި ވަކިވެގެން ދިޔުމުން އަސަރު ނުކުރާނީ ކޮން މަންމައަކަށް ހެއްޔެވެ؟ މިކާލްގެ މަންމަ އެކަމާއި ހިތާމަކުރީ ދުވަހަކުކަމަކާ ހިތާމަ ނުކުރާވަރަށެވެ. މަރުވީ އެ ހިތާމައަށް ކެތްނުކުރެވިގެންނެވެ. މިކާލް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ނަމަވެސް އޭނަ ހެއްދެވި ފަރާތަށް ދުޢާކޮށް އެފަރާތުން ކެތްތެރިކަން ހޯދިއެވެ.
މަންމަ މަތިން ހަދާންވާ ކޮންމެ ފަހަރަކު އަދިވެސް މިކާލްގެ ލޯ ފެންކަޅިވެއެވެ.
އޭނަ އެމަންމައަށްޓަކާ ހާދަ ދުޢާއެއްކުރެއެވެ. ކޮންމެ ނަމާދެއްގެ ފަހު ދުޢާކުރެއެވެ. މަންމަގެ މަތިން އޭނަވަނީ ހައްޖުވެފައެވެ. މަންމަގެ ނަމުގައި އޭނަ ބިނާކުރި މިސްކިތެއް ފަލަސްތީނުގައި ހުރެއެވެ. ސާލިހު ދަރިއަކަށް ކޮށްދެވޭނެ ހުރިހާކަމެއް އޭނަ މަންމައަށްޓަކާ ކޮށްދޭން އަތުކުރި އޮޅާލާފައިވެއެވެ. މިކާލްގެ ދެލޮލުން ވޭނާއި ހިތާމައިގެ އަސަރު ނުފެންނަ އިރެއް ނުދެއެވެ. އުފާވެރިކަމާއި އެއްވަރަށް އެހިތުގައި އެޅިފައިވާ ކޫރުން ބޮޑީއެވެ. އެންމެ ލޯބިވާ މަންމައާއިއެކު ހިތާއި ފުރާނައިން ލޯބިވި އަންހެންކުއްޖާވެސް އަތުން ބީވެގެން ދިޔައީއެވެ. މިހާރު އޭނަ ދިރިހުރުމުގެ މަގުސަދަކީ އެކަނި އަޅުކަމެވެ. "ޖިހާދު"ކުރުމެވެ. އަދި މުސްލިމުންނަށް އެހީތެރިވެދިނުމެވެ. ސަދަގާތްކުރުމެވެ.
މިކާލް ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
"މިކާ. ސީރިޔަސްކޮށް ބުނެބަލަ. ހަޔާތީ ޑިވޯސްވެގެން އައިއްޔާ މެރީކުރާނަންތަ؟ އޭނައަށްޓަކާ ހުސްހަށިބަޔަށް ހުރީމަ ސުވާލު އުފެދޭނެއްނު. އަދިވެސް ހަމަ އިންތިޒާރުގައިތަ؟"
"ކާޒް. އަހަރެން އޮތީ ކުރިންވެސް ބުނެފައި. ކައިވެންޏެއް ކުރާކަށް ޚިޔާލަކު ނެތް. އެ ޒިންމާތަކެއް ނުނެގޭނެ. އެއްފަހަރު އެކަން ތަޖުރިބާކޮށްފައި ފެއިލްވީ. މިދުނިޔޭގައި އަހަންނަށް ނަސީބެއްނެތް. އައި އޭމް އެ ޓްރެވެލާ އެހެން މިޝަންއެއްގައި މިދުނިޔެއަށް އައީ..............." މިކާލް ހިތިގޮތަކަށް ހިނިތުންވެލިއެވެ. ކާޒިމްއަށް ފޯނެއް އައުމުން ފޯނުގައި އިންދާ މިކާލް އަތުގެ އިނގިލިތަކުން ކަރުނަ ތިއްކެއް ފޮހެލިއެވެ.
"ރެން އިންވައިޓް ކުރީ. އެގޭގައި އޮތް ގެޓް ޓުދެގާއަކަށް......" ކާޒިމް ފޯނު ބާއްވަމުން ހިނިތުންވެލިއެވެ.
"އަދިވެސް އެ ލާދީނީ ކަލޭގެ ނަމާދު ނުކުރޭތަ؟ "މިކާލް އަހައިލިއެވެ.
"މިކާ ވާހަކަދައްކާގޮތުން މަ ވެސް ބައެއްފަހަރު ބިރުން ފިތްކަނޑައިގެން ދޭ. ނަމާދުނުކުރާ މީހާވާނީ ކާފަރަކަށް. އެހެނޭ ކިޔާފައި އަހަރެމެންނަކަށް ނުކެރޭނެ މަރާލާކަށް...." ކާޒިމް ނުލަފާ ހިންޏެއް އައެވެ.
"އެހެންވެ އަހަރެމެން ކަހަލަ އެޖެންޓުން ގެންގުޅެން ޖެހެނީ. އައި ކެން ކިލް. ރެބިޓެއް މަރައިލިހެން މަރާލަން ކެރިދާނެ. ޖަސްޓް ސޭ ދަ ވޯޑް ކާޒް....................................." މިކާލް އެއް ބުމަ އަރުވައިލިއެވެ.
(ނުނިމޭ...)