ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވިލިނގިލީ ޕޮލިސް ސްޓޭޝަން: އެ ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް މިރޭ ވަނީ ހިނގާފައި ---- ސަން ފައިލް ފޮޓޯ: ކިޔުންތެރިއެއް

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބިގައިވަނީ މިރޭ 23:35 އެހާކަށް ހާއިރު އެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކުރި ތިން ފުލުހަކަށް ގއ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު ލުގުމާން ނައީމް "ސަން" އަށް ވިދާޅުވީ، ފަރުވާ ދެމުންދާ ފުލުހުންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި މާ ބޮޑު އަނިޔާ އެއް ފުލުހުންނަށް ނުވާ ކަމަށެވެ.

ލުގުމާން ވިދާޅުވީ، ވިލިނގިލީ ރައްޔިތުންނާއި ފުލުހުން ގުޅިގެން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ، އެ ސްޓޭޝަންގެ ކަރަންޓް ބްރޭކަރު ބޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކަމަށް ލުގުމާން ވިދާޅުވިއެވެ.

ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މިރޭ އަލިފާންގެ ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ޑިސެމްބަރު މަސް ތެރޭ ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމަޑޭޝަން ބުލްކްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

https://sun.mv/112398

comment ކޮމެންޓް