އަރިޔަދޫގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވަނީ

އދ. އަރިޔަދޫގައި އަލިފާން ރޯވެ އަނދަނީ ---

އދ. އަރިޔަދޫގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މިއީ މީހުން ދިރިނޫޅޭ ފަޅު ތަށެކެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާ ހާދިސާ ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 2:40ގައި ކަމަށެވެ. އަދި އެ ރަށުގެ ބޮޑުބައެއްގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ ހާދިސާ ހިނގުމާ ގުޅިގެން ފުލުހުންނާއި އަދި މާމިނގިލީ އެއާޕޯޓްގެ އަލިފާން ނިއްވާ ޓީމް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭގެ އިތުރުން އެރަށް ކައިރީގައި ހުންނަ ރިސޯޓްތަކުގެ ފަޔާ ޓީމްތަކުން ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ރަށުގައި ރޯވި އަލިފާންގަނޑު އަދި ވެސް ކޮންޓްރޯލް ނުވާ ކަމަށެވެ.

comment ކޮމެންޓް