ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް

ޓީޓީއެމްގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖެއްސުން -- ފޮޓޯ: މޯލްޑިވްސް ގޭޓަވޭސް

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އެވެ. މޯލްޑިވްސް ގޭޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ޝޯ އެވެ. ފާއިތުވި ދެ އަހަރުވެސް ޓީޓީއެމް ފެއާ ކާމިޔާބު ކަމާއެކު ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ ޕީއާރު ފާމު އަދި ޓްރެވަލް އެޖެންޓުން ވަނީ ފާއިތުވި ދެ އަހަރު މި ފެއާގައި ބައިވެރިވެފައެވެ.

ޓީޓީއެމް ފެއާގެ އެއް މަގުސަދަކީ 2020 އަންނަންވާއިރަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެދިނުމަށް ފަތުރުވެރިކަމުގެ މާކެޓްތަކަށް ރާއްޖެ ވިއްކުމެވެ.

މިއަހަރުގެ ޓީޓީއެމް ފެއާއަށްވެސް 300 އަށް ވުރެ ގިނަ ހޮޓެލިއާސް އާއި ސަޕްލަޔަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.

މިއަހަރުގެ ޓީޓީއެމް ފެއާ ކުރިއަށްދާނީ ހަތަރު ކޮމްޕޯނެންޓެއްގެ މައްޗަށެވެ. އެއީ ޕްރީ ޝެޑިއުލްޑް މީޓިންގްސް އިތުރުން ޓީޓީއެމް ޓްރެވަލް ސަމިޓް އަދި މޯލްޑިވްސް ސަޕްލަޔާސް އެކްސްޕޯއާއި ގާލާ ނައިޓެވެ.

comment ކޮމެންޓް