މަޓާޓޯ އިން ފިލިޕީންސްގައި ރާއްޖެ އިޝްތިހާރުކުރަނީ

މަޓާޓޯ އިން ފިލިޕީންސްގައި ރާއްޖެ އިޝްތިހާރު ކުރުން-- ފޮޓޯ: މަޓާޓޯ

ފިލިޕީންސްގައި މިހާރި ކުރިއަށްދާ ވޯލްޑްމާސްޓާ އިންޓަނޭޝަނަލް ޓްރެވަލް މާޓް (ޑަބްލިއުއައިޓީއެމް) ގައި ރާއްޖެ އިޝްތިހާރު ކުރަމުން އެބަދެއެވެ.

މި ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ މަޓާޓޯ އިންނެވެ. މިމަހުގެ އެކަކުން މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު މިއީ ޓިއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަދި ހޮޓެލިއާސް އަށް އެކްސްކްލޫސިވް ބީޓޫބީ އިވެންޓެކެވެ.

މި ފެއާގައި ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ވިއްކައި، ދާއިރާގެ ވާދަވެރިކަން އިތުުރކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވި ހިދުމަތްތައް އިޝްތިހާރު ކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ގާތްގަނޑަށް 400 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ މިފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބައިވެރިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓުތަކުގައި އިޝްތިހާރު ކުރުމަށް މަޓާޓޯ އިން ދަނީ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ. އެގޮތުން ސައުދީގެ ރިޔާޒުގައި ބޭއްވި ފެއާގައިވެސް މަޓާޓޯ އިން ވަނީ މިދިޔަ މަހު ރާއްޖެ އިޝްތިހާރު ކޮށްފައެވެ.

comment ކޮމެންޓް