އެމްޑީޕީއަށް މަޖިލީހުގައި 12 ގޮނޑިވެސް ނުލިބޭނެ: އަލްހާން

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އަލްހާން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން

ކުރިއަށް އޮތް މަޖިލީސް އިންތިހާބްގައި އެމްޑީޕީއަށް 12 ގޮނޑިވެސް ނުލިބޭނެކަމަށް މަޖިލިސް އިންތިހާބްގައި ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މާމިނގިލީ ދާއިރާއާށް މިފަަހަރުވެސް ވާދަކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭންގައި ވާހަކަ ދައްކަވަަމުން އަލްހާން ވަނީ ކުރީގެ ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަޖިލިސް އިންތިހާބްގައި ހަ ގޮނޑިވެސް ނުލިބޭނެ ކަމަށް ރައީސް ނަޝީދު ދައްކަވާފައިވާ ވާހަތަކަށް ރައްދުދެއްވައި އަލްހާން ވިދާޅުވީ ކުރިއަށް އޮތް އިންތިހާބްގައި އެމްޑީޕީއަށް 12 ގޮނޑިވެސް ނުލިބޭނެ ކަމަށެވެ. އަދި އެކަމުގައި ބައިވަރު ސަބަބުތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ގާސިމްއާ ދެކޮޅަށް އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް އަލްހާން ވިދާޅުވީ މިހާރުު އެމްޑީޕީގެ ޕޯޑީއަމްތަކާއި މީސް މީޑިއާތަކުގައި "ސޭޓު ނޯންގޮތެއް" ކިޔައި ވާހަކަ ދެެއްކިޔަސް ކުރިން ރިޔާސީ އިންތިހާބަށް ބޯމަތިވިއރު އެ ނޫންގޮތެއް އެ ބޭފޭފުޅުންނަށް ނެތް ކަމަށެވެ.

އަދި އެ ދުވަސް ރައީސް ނަޝީދު ހަނދާން ނައްތާލީ ކީއްވެގެންތޯވެސް އަލްހާން ވަނީ ސުވާލު އުފައްދައިފައެވެ.

" ރައީސް ނަޝީދު އެ ވާހަކަ ދައްކާ ކަމަށް ވަންޔާ ކީއްވެގެންތޯ އަޅުގަނޑުމެން އެވާހަކަ ދައްކަންވީ. މިއީ ރައީސުލް ޖުމްހީރިއްޔާގެ މައްސަލައެއް ނޫން. މީ ސިޔާސީ ޕާޓީތަކުގެ މައްސަލައެއް. " އަލްހާން ވިދާޅުވިއެވެ.

" ރައީސް ނަޝީދު އެ ވާހަކަ ދައްކާ ކަމަށް ވަންޔާ ކީއްވެގެންތޯ އަޅުގަނޑުމެން އެވާހަކަ ދައްކަންވީ. މިއީ ރައީސުލް ޖުމްހީރިއްޔާގެ މައްސަލައެއް ނޫން. މީ ސިޔާސީ ޕާޓީތަކުގެ މައްސަލައެއް. " އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ އެން،މެ ބޮޑު އެއްޕާޓީ ކަމަށާއި އަދި ޕާޓީން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯކިލްއާއ އެކުކަމަަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބްގައި ޖޭޕީން މެޖޯރިޓީ ނަގާނެ ކަމަށެވެ.

comment ކޮމެންޓް