ޔުނިވާސަލްގެ ފާރުފުށި ރިސޯޓު ހުޅުވައިފި

ޔުނިވާސަލްގެ ފާރުފުށި މޯލްޑިވްސް ރިސޯޓު ---

ޔުނިވާސަލް ރިސޯޓްސްއިން ރ. އަތޮޅު ފާރުފުށީގައި ތަރައްގީކުރި ފާރުފުށި މޯލްޑިވްސް ރިސޯޓު ހުޅުވައިފިއެވެ.

މި މަހު ހުޅުވި ފާރުފުށި ރިސޯޓުގައި 80 ވިލާ ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފޫލް ހިމެނޭ 39 އޯޝަން ރިޓްރީޓް، 27 ބީޗް ރިޓްރީޓް، 10 ބީޗް ބަންގަލޯ، ތިން އޯޝަން ސުއިޓް އަދި އައިލެންޑް ރެސިޑެންސް ހިމެނެއެވެ.

ފާރުފުށި ރިސޯޓުގައި ތަފާތު ފަސް ފުޑް އައުޓްލެޓް ހިމެނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް އެތަންތަނުން ލިބެއެވެ.

މީގެ އިތުރުން ހަ ޓްރީޓްމަންޓް ރޫމާއި ދެ ޕްލަންޖް ޕޫލް ހިމެނޭ "ނިކަ ސްޕާ"ގެ ހިދުމަތް ފާރުފުށީގައި ލިބޭ އިރު، ތަފާތު ވޯޓާސްޕޯޓްސްއާއި އެކްސްކާޝަންތައް ފަދަ ރެކްރިއޭޝަނަލް އެކްޓިވިޓީޒް އެތަނުގައި އޮވެއެވެ.

ޔުނިވާސަލް ރިސޯޓްސްގެ ފާރުފުށި މިއަދު ހުޅުވާފައިވާ އިރު، އެ ކުންފުނިން ދަނީ ރާއްޖޭގައި އަށް ރިސޯޓެއް ހިންގަމުންނެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކުރުނބާ މޯލްޑިވްސް (ކ. ވިހަމަނާފުށި)އާއި ވެލައްސަރު މޯލްޑިވްސް (ކ. ވެލައްސަރު)، ކުރަމަތި މޯލްޑިވްސް (އއ. ކުރަމަތި)، ބަރޮސް މޯލްޑިވްސް (ކ. ބަރޮސް)، ކަނދޮޅު މޯލްޑިވްސް (އއ. ކަނދޮޅު)، ދިގަލި މޯލްޑިވްސް (ރ. ދިގަލި)، މިލައިދޫ މޯލްޑިވްސް (ބ. މިލައިދޫ) އަދި މާފުށިވަރު މޯލްޑިވްސް (އދ. މާފުށިވަރު)އެވެ.

comment ކޮމެންޓް