ހަމައެކަނި ފޯމުގައި ނަން ޖަހާލުމުން ފްލެޓު ދީފައި އެބަހުރި: ރައީސް

ރައީސް ސޯލިހު: އެމަނިކުފާނުގެ ފަސް އަހަރު ނިމޭ އިރު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދޭނެ ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރިއިރު، ހަމަ އެކަނި ފޯމްގައި ނަން ޖަހާލާފައި ހުރި ފަރާތްތަކަށް ވެސް ފުލެޓު ދީފައި އެބަހުރި ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ އައްޑޫގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރެއްވުމަށް އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން "އެގޮތް މިގޮތަށް" ފްލެޓު ދީފައިވާ ކަމަށް ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ، ފުލެޓުތައް ދީފައިވާ ގޮތް ބަލައި އޭގެ ހައްގުވެރިންނަށް އެ ފުލެޓުތައް ދޭނެ ޖެހޭ ކަމަށެވެ.

"ދަންނަވަންތޯ ފްލެޓުތައް ދީފައި ހުރި އިރުގައި ބައެއް ފަރާތްތަކަށް އެބަހުއްޓޭ ހަމައެކަނި ފޯމުގައި ނަން ޖަހާލިކަމަށްޓަކައި ފުލެޓް ދީފައި،"

https://sun.mv/116378

އެހެން ނަމަވެސް މިއަދު ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވަނީ ބޯހިޔާ ވަހިކަމުގެ މަޝްރޫއަކީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނެ އެއް މަޝްރޫއު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ފްލެޓުތައް ބަހާލާފައިވާ ގޮތާމެދު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. އެ ޝަކުވާތަކަށް އެޑްރެސްކުރުމަށް މި ސަރުކާރުން ވަނީ ފްލެޓު ދިން ގޮތް ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައެވެ.

މީގެ ކުރިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީއިން އާންމު ކުރީ އެ މީހުންގެ ނަމާއި އެޑްރެސް ނުހިމަނާ ކަމަށް ވިޔަސް، އެ ކޮމެޓީއިން ވަނީ ފްލެޓު ލިބުނު މީހުންގެ ނަމާއެކު ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ. ނަމަވެސް އަދިވެސް ބައެއް މީހުނަށް ލިނިފައިވާ ޕޮއިންޓްގެ އަދަދު ހިމަނާފައެއް ނުވެއެވެ.

ހިޔާ މަޝްރޫއާއި، ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅީފަޅު މަޝްރޫއިން ފްލެޓު ދޫކުރި ގޮތާމެދު ޝަކުވާއެއް އޮތްނަމަ އެކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް ރައީސް އޮފީހަށް ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް