"ގޮށްރާޅު" ހުޅުމާލޭ ޝްވެކްގައި ވެސް ރަސްކަންކުރަނީ!

ގޮށްރާޅު ހުޅުމާލޭ ޝްވެކްގައި ވެސް ރަސްކަން ކުރަނީ---

މިދިޔަ މަހު ހަތަރެއްގައި ޕްރިމިއާކުރި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ގޮށްރާޅު" ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ރަސްކަން ކުރަމުން އެބަދެ އެވެ.

ފިލްމު އޮލިމްޕަހުގައި ރަސްކަން ކުރުމަށް ފަހު މިހާރު އަންނަނީ ހުޅުމާލޭ ޝްވެކްގައި ރަސްކަން ކުރަމުންނެވެ. މިރޭގެ 20:30ގައި ޝޯއެއް ބާއްވާ އިރު މާދަމާ ރޭ އަދި ބުދަ ދުވަހުގެ ރޭ ވެސް ފިލްމުގެ ޝޯއެއް ވަނީ އަޅުވަން ނިންމައިފަ އެވެ.

ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން ލިބެން ހުރިއިރު ފިލްމަށް ޓިކެޓް ގަތުން 3338998 އާ ގުޅުމުން ހަމަޖެހިގެންދާނެ އެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މުހައްމަދު އަލީ (މޮގާ)އެވެ.

މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފަ އެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފަ އެވެ.

comment ކޮމެންޓް