ފޭސްބުކް މެސެންޖާއަށް ވެސް ޑާކް މޯޑު

ފޭސްބުކް މެސެންޖާ އަށް ޑާކް މޯޑު ތައާރަފުކޮށްދިނުމަށް ޔޫޒަރުން ކުރި އާދޭސް ބަލައިގަނެ ފޭސްބުކް މެސެންޖާ އަށް ޑާކް މޯޑު ތައާރަފުކޮށްފިއެވެ.

މިހާރު އެންޑްރޮއިޑުން ފޭސްބުކް މެސެންޖާ ބޭނުން ކުރާ ހުރިހާ ޔޫޒަރުންނަށް ޑާކް މޯޑު އެކްޓިވޭޓު ކުރެވޭނެއެވެ. ކުރަންޖެހޭނެ ކަމަކީ ހަނދުފަޅި އިމޯޖީ ކޮންމެވެސް މީހަކަށް ފޮނުވާލުމެވެ. އޭރަށް ޑާކް މޯޑު އެކްޓިވޭޓު ކުރެވޭނެ ކަމުގެ ނޮޓިފިކޭޝަނެއް ފޯނުގެ ސްކްރީނަށް އަރާނެއެވެ.

މި ފީޗާ އަކީ އަދިވެސް ޓެސްޓު ސްޓޭޖުގައި އޮތް ފީޗާއެއް ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ. ނަމަވެސް ޑާކް މޯޑި އެންޑްރޮއިޑު ފޯނުތަކަށް ތައާރަފު ކުރުމާއެކު ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ފޭސްބުކް އިން ދަނީ މެސެންޖާ އިން ފޮނުވާ މެސެޖު އަންސެންޑު ކުރެވޭ ފީޗާއެއްވެސް ހުރިހާ ޔޫޒަރުންނަށް ތައާރަފު ކުރަން މަސައްކަތް ކުރަމުންނެވެ. މި ފީޗާވެސް އަދި އޮތީ ޓެސްޓިން ސްޓޭޖުގައެވެ. ފޭސްބުކް އިން ހިންގާ ހުރިހާ މެސެޖިން އެޕްލިކޭޝަނެއްގެ މެސެޖިން ފީޗާ އެއް އެޕަކުން ބޭނުން ކުރެވޭނެ ގޮތް ހަދަންވެސް ފޭސްބުކް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް