ނިހާން ފުލުހަށް ހާޒިރުވާން އަންގައިފި

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ނިހާންއަށް އަންގާފައިވަނީ މާދަމާ ރޭ 8:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

ނިހާން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ފުލުހުންގެ ވެހިކަލެއްގެ ފުރޮޅުދަށަށް ގަލެއް ލީ މައްސަލާގަ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އެމަނަކިފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލާ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފީޝަލް "ސަން" އަށް ވިދާޅުވީ، ނިހާން ފުލުހުންގެ ވެހިކަލްގެ ފުރޮޅަށް ގާބުރިއެއް ލި މައްސަލަ ބަލަން ނިންްމާފައިވާ ކަމަށާއި މިހާރު އެކަމާ ގުޅިގެން ބަލަން ހުރި ހުރިހާ ކަމެއް ބަލަމުން ގެންދާ ކަމަށެވެ.

އެކަމާ ގުޅިގެން ނިހާން ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލްގެ ފުރޮޅަކާ ދިމާލަށް ގާބުރިއެއް ލީ ފުލުހުންނަށް ހުރަސް އެޅުމަށް ނޫން ކަމަށާއި އެއީ ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ވެދާނެތީ ކުރެއްވި ކަމެއް ކަމަށެވެ.

comment ކޮމެންޓް