އޭސީސީގެ ރައީސް ލުތުފީގެ މަނީ ލޯންޑަރިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އޭސީސީގެ ރައީސް ހަސަން ލުތުފީ

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގް މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ލުތުފީގެ މައްސަލައެއް ބަލަމުން ދާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު އޭސީސީގެ މެމްބަރުންގެ މައްޗަށް ކުރެ އެވެ. ނަމަވެސް އޭސީސީގެ އެއްވެސް މެމްބަރެއްގެ ނަމެއް އޭސީސީ އިން ހާމަކުރި އެމްއެމްޕީއާރުސީ ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުން ލުތުފީ މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ.

comment ކޮމެންޓް