"ސެންސް މޭކް" ކުރަނިކޮށް ފެނުނީ މާވަހަރެއް!

"ބިލީވް މީ، ސެންސް މޭކް"ގެ ނަމުން ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އާސިމް ވަހީދު (ޗިންޗޮން) އަށް ފެނުނު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން --

"ބިލީވް މީ، ސެންސް މޭކް"ގެ ނަމުން ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އާސިމް ވަހީދު (ޗިންޗޮން) އަށް ކ. މާފުށިން ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް މިއަދު ފެނިއްޖެއެވެ.

އޭނާ ވަނީ ޓިކްޓޮކްގައި އެ ކަން ހިއްސާކޮށް ވީޑިއޯއެއް ހަދާފައެވެ.

އެ ވީޑިއޯގައި އޭނާ ހޮވާފައިވާ މާވަހަރެއް ކަމަށް ބެލެވޭ އެތި، ކޫލް ބޮކްސްއެއް ތެރޭގައި ބާއްވާފައިވެއެވެ. އޭނާ ބުނާ ގޮތުންނަމަ އެއީ ހުދަންބަރެކެވެ. އަދި އޭނާއަށް އެ ފެނިފައިވާ މިއަދު ހެނދުނުގެ ވަގުތެއްގައި މާފުށި ގޮނޑުދޮށުންނެވެ.

https://vt.tiktok.com/ZS2vPj9ta/

ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އާސިމްގެ ކޮންމެ ޓިކްޓޮކަކުން ވެސް އެންމެނަށް އެންމެ އަޅައިގަންނަ އެއް ޑައިލޮގަކީ "ބިލީވް މީ، ސެންސް މޭކް"އެވެ.

މާފުށި ވޯޓާ ސްޕޯޓްސް ސެންޓަރެއްގައި އޭނާ މަސައްކަތްކުރާއިރު، ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯތަކުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާފުށީގެ ވޯޓާ ސްޕޯޓްސް ކުޅިވަރުތައް ޕްރޮމޯޓްކުރެއެވެ.

އޭނާގެ ވީޑިއޯތަކަކީ މި ފަހަކުން ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ވީޑިއޯތަކެކެވެ.

comment ކޮމެންޓް