ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި

ވިލިމާލެ ސާފުކުރުމުގެ ހަރަކާތުގައި ނައިބު ރައީސް ބައިވެރިވެ ލައްވަނީ --- ފޮޓޯ: ސިޓީ ކައުންސިލް

ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި އެވެ.

ވިލިމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފައިވާ އިރު އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

"ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިނުގެ ދަށުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތަކީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން ވިލިމާލެ ގޮނޑުދޮށާއި ސިނާއީ ސަރަހައްދުގެ އިތުރުން ޕާކުތައް ވަނީ ސާފުކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ސާފުކުރުމުގެ ހަރަކާތުގައި އެ ރަށުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އެއްކުރެވުނު ކަމަށެވެ.

"ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިނުގެ ދަށުން މިދިޔަ މަހު ވެސް ވަނީ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް