ޖެނުއަރީ 25ގައި މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ދޯނި

ހއ. ފިއްލަދޫ އިން މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަންފަށައިިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯންޏަކީ ޖެނުއަރީ 25ގައި މަހަށް ފުރި ދޯންޏެއް ކަމަށާއި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ އިއްޔެ 14:10 ހާއިރު ކަމަށެވެ.

"ޔުނިޓީ" ނަމަކަށް ކިޔާ އެ ދޯނި ޖެނުއަރީ 29 ވަނަ ދުވަހު ހއ. ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަންކުރުމުގައި އުޅުނު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށާއި މި ދޯންޏާ ބެހޭ މަޢުލޫމާތު ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓުގާޑާ ހިއްސާކޮށްދިނުމަށް ވެސް އެމްއެންޑީއެފް އިން އެދެ އެވެ.

comment ކޮމެންޓް