ކޭޓްއަށާއި މޭގަންއަށް ސޯޝަލްމީޑިއާގައި ކުރިމަތިވާ ފާޑުކިޔުންތައް ބަލައިދިނުމަށް އެދެފި

ކޭޓް މިޑްލްސްޓަން އާއި މޭގަން މާކަލް ---

އިނގިރޭސި ޝާހީ އާއިލާގެ ދެ ޅީދަރިން ކަމަށްވާ މޭގަލް މާކަލް އާއި ކޭތްރީން (ކޭޓް) މިޑެލްޓަން އަށް ސޯޝަލް މީޑިއާގައި އަމާޒުވާ ފާޑުކިޔުންތައް ބަލައިދިނުމަށް ކެންޒިންޓަން ޕެލަސް އިން އެދެފިއެވެ.

ޝާހީ އާއިލާގެ ދެ ޅީދަރިންނަށް ކުރިމަތިވާ ފާޑުކިޔުންތައް ބަލައިދިނުމަށް ޝާހީ ގަނޑުވަރުން ވަނީ އިންސްޓަގްރާމް އާއި ޓްވިޓާގެ ކިބައިން އެދިފައެވެ. ރިޕޯޓުތައް ބުނާގޮތުން ކޭޓް އަށާއި މޭގަން އަށް އާންމުކޮށް ފާޑުކިޔުންތައް އަމާޒުވަނީ އެއް ކަނބަލެއްގެ ސަޕޯޓަރުންގެ ފަރާތުން އަނެއް ކަނބަލަކަށެވެ. ދެ ބޭކަނބަލުންނަށް ވެސް އޮންލައިންކޮށް އަމާޒުކުރެވޭ ފަޑުކިޔުންތަކާއި "ހޭޓް ކޮމެންޓްސް" ވަކިވަކިން ބަލައިދިނުމަށް ކެންޒިންޓަން ޕެލަސް އިން އެދިފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ކޭޓް އަށާއި މޭގަން އަށް އަމާޒުވާ ފާޑުކިޔުންތަކަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ކެންޒިންޓަން ޕެލަސްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ޕޯސްޓު ކުރާ ޕޯސްޓުތަކަށް ހޭޓް ކޮމެންޓްސް އަތުވެއްޖެ ނަމަ އެ ކޮމެންޓުތައް އޮޓަމެޓިކުން ޑިލީޓު ވާނެ ކަމަށް ގަނޑުވަރުން ބުނެފައިވެއެވެ. މިއީ ކޭޓް އަށާއި މޭގަން އަށް އަމާޒުވާ ފާޑުކިޔުންތައް މަދުކުރުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޭޓް އާއި މޭގަން އަޅާކިޔައި ދެ ބޭކަނބަލުންނަށް ފާޑު ކިޔުމަކީ މޭގަން މާކަލް އާއި ޕްރިންސް ހެރީ އެކުގައި ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވި ފަހުން އާންމުވެފައިވާ ކަމެކެވެ.

comment ކޮމެންޓް