ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ފެންގަނޑުތައް ހިނދި އޮސްޓްރޭލިއާގައި މަރުވާ ޖަނަވާރުތައް އިތުރުވާން ފަށައިފި އެވެ.
އޮސްޓްރޭލިއާގެ ޖަނަވާރުތަކާ ބެހޭ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުރާސަފަތި ދުވަހު ބުނީ، ފެން ހޯދުމަށް އެތައް ޖަނަވާރުންނެއް ކޯރުތައް ދޮށަށް ކޮންމެ ދުވަހަކުދާ ކަމަށާއި ނަމަވެސް އެ ފެންގަނޑުތައް އެއްކޮށް ހިނދިފައިވުމުން އެ ސޮރުމެން އެނބުރި ދާ ކަމަށެވެ.
"އެ ހިސާބުގަނޑުގައި އަސްތަކަށް އަޅާލައި އަދި ޖަނަވާރުތައް ދިރިދެމި ތިބުމަށް ދިމާވާ މައްސަލަތަކާ ގުޅިގެން އެ މީހުން ވަރަށް ކަންބޮޑުވޭ،" ޖަންގަލިތައް ކައިރީގައި އުޅޭ މީހުންގެ އިހުސާސް އޮފިޝަލް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ދަ ސެންޓަރަލް ލޭންޑް ކައުންސިލުން ބުރާސްފަތި ދުވަހު ބުނީ 50 އަށް ވުރެ ގިނަ އަސް ފެންގަނޑުތައް ހުންނަ ސަރަހައްދުތަކުގައި އިންޖެކްޝަން ޖަހައި މަރާލާފައިވާ ކަމަށެވެ.
"ވަރަށް ގިނަ އަހާއި އަދި އެ ނޫން ޖަނަވާރުތައް ދަނީ މަރުވަމުން، ފެން ނުލިބި އަދި ކާނާ ނުލިބުމުގެ ސަބަބުން،" ދަ ސެންޓަރަލް ލޭންޑް ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ކައުންސިލުން ބުނީ އިތުރު 120 ޖަމަލު، އަސް އަދި ޑޮންކީ އެ ގޮތަށް މަރަން ނިންމާފައިވާ ކަމަށެވެ.