އަދާލަތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ހޮވައިފި

އަދާލަތު ޕާޓީގެ އިނގުރައިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ރ. ކިނޮޅަސް، ފެހިވިލާގެ، އަހްމަދު ހުސައިން ---

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރ. އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް ބާއްވައިފި އެވެ.

އަދާލަތުގެ ޓިކެޓަށް އެ ދާއިރާއިން ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ. އެއީ ރ. ކިނޮޅަސް، ފެހިވިލާގެ، އަހްމަދު ހުސައިންއާއި ރ. އިންނަމާދޫ، ނޫރާނީގޭ އަލީ ޝަރީފެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓް ކާމިޔާބު ކޮށްފައިވަނީ 360 ވޯޓާއެކު އަހުމަދު ހުސައިން އެވެ. އަލީ ޝަރީފަށް ލިބުނީ 306 ވޯޓެވެ.

އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 810 މީހުންނަށް ލިބުނު އިރު ޕްރައިމަރީގައި ވޯޓް ލާފައި ވަނީ 675 މީހުންނެވެ. އޭގެ ތެރެއިން ނުވަ މީހުންގެ ވޯޓު ވަނީ ބާތިލުވެފަ އެވެ.

އިނގުރައިދޫ ދާއިރާގެ އިތުރުން އިތުރު 12 ދާއިރާއަކަށް ވެސް އަދާލަތު ޕާޓީން ވާދަކުރެއެވެ. އެ ހުރިހާ ދާއިރާތަކަށް ވާދަކުރަނީ ގުޅިފައިވާ ޕާޓީތަކުން ސޮއި ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށްކަަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އަދާލަތު ޕާޓީން ވާދަކުރާ އިތުރު ދާއިރާތައް:

1. ކެލާ ދާއިރާ
2. ކުޅުދުއްފުށީ އުތުރު ދާއިރާ
3. މަކުނުދޫ ދާއިރާ
4. ވައިކަރަދޫ ދާއިރާ
5. ކާށިދޫ ދާއިރާ
6. މަހިބަދޫ ދާއިރާ
7. މުލަކު ދާއިރާ
8. ނިލަންދޫ ދާއިރާ
9. ގަމު ދާއިރާ
10. ފުވައްމުލަކު ދެކުނު ދާއިރާ
11. ފޭދޫ ދާއިރާ
12. މާފަންނު ދެކުނު ދާއިރާ

comment ކޮމެންޓް