'އޭބީސީޑީ' ފްރެންޗައިޒްގެ ކާމިޔާބު ދެ ފިލްމަށް ފަހު، ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އެ ސީރީޒްގެ ތިންވަނަ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
ޕަންޖާބުގެ އަމްރިތުސާގައި ފިލްމުގެ ޝޫޓިން ފެށިއިރު އެ ހިސާބުގައި ޝޫޓިންތައް ކުރިއަށްދާނީ ހަފްތާއެއްގެ މުއްދަތަކަށެވެ. އަދި އެއަށްފަހު ފިލްމުގެ މަންޒަރުތައް ނެގުމަށް ކްރޫ ލަންޑަނަށް މިސްރާބު ޖަހާނެއެވެ.
'އޭބީސީޑީ 3' އަށް ރޭމޯ ތައްޔާރުވެފައިވާ އިރު، ފިލްމުގެ ކާސްޓު ވެސް ވަރުގަދައެވެ.
ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށްފައިނުވި ނަމަވެސް ޝޫޓިން ފެށުމަށްފަހު ވަރުން ދަވަން ކުރި ޓްވީޓުގައި #3 ޖަހާފައިވުމުން ގިނަ ބަޔަކު އިއްތިފާގުވަނީ މި ފިލްމަކީ "އޭބީސީޑީ"ގެ ތިންވަނަ ބައިކަމުގައެވެ.
So it begins! First day, first shot of India's biggest dance film in Punjab. Wishing my best to the team. Break a leg! @Varun_dvn @ShraddhaKapoor @norafatehi @bajwasonam @Lizelle1238 @remodsouza @PDdancing @TSeries pic.twitter.com/m1IQWamqxW
— Bhushan Kumar (@itsBhushanKumar) January 23, 2019
ވަރުން ދަވާން އާއި ޝްރައްދާ ކަޕޫރު އެކުގައި ފެނިގެންދާ "އޭބީސީޑީ 3" އިން ޑާންސް ޕްލަސްގައި ޖަޖުކަން ކުރަމުން އަންނަ ނެށުންތެރިޔާ ޝަކްތީ މޯހަން ވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ ޝަކްތީ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. މި ފިލްމުގައި ޑާންސް ޕްލަސް ހަތަރެއްގެ ބައެއް ނެށުންތެރިންވެސް ފެނިގެންދާނެއެވެ.
ޝަކްތީގެ އިތުރުން 'ޑާންސް އިންޑިއާ ޑާންސް' އިން ފެނިގެން ދިޔަ އަދި މިހާރު 'ޑާންސް ޕްލަސް' އިން ފެނިގެންދާ ޕުނީތު އާއި ދަރްމޭޝް އާއި ރާގަވް ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު ރިލީޒްކުރާނީ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އޭބީސީޑީ ފްރެންޗައިޒް އަކީ ގިނަ ބަޔަކަށް ކަމުދާ އަދި ކާމިޔާބު ފްރެންޗައިޒެކެވެ.