ތިންފަށް ވަރީގެ މައްސަލައެއްގެ މައްޗަށް ބިނާކޮށް ހަގީގީ ހާދިސާއެއް ކިޔައިދިން އިންޑިއާ ފިލްމު "ހަޤް" ނެޓްފްލިކްސްގައި ޕްރީމިއާކުރާގޮތަށް ނިންމައިފިއެވެ.
މި ފިލްމަކީ މީގެ 40ކަށް އަހަރު ކުރިން އިންޑިއާގެ ސުޕްރީމް ކޯޓުގައި ހިނގި ޝާހް ބާނޯގެ ވަރީގެ މައްސަލަ ކިޔައިދިން ފިލްމެކެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މި ފިލްމުގެ ލީޑް ތަރިންނަކީ އިމްރާން ހާޝިމީ އާއި ޔާމީ ގޯތަމްއެވެ. މި ފިލްމަކީ އިމްރާން އާއި ޔާމީ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އިމްރާން ފިލްމުގައި ކުޅެފައި ވަނީ ޔާމީގެ ފިރިމީހާ އަހުމަދު ޚާން ކިޔާ ވަކީލެއްގެ ރޯލެވެ.
ޖަންގްލީ ޕިކްޗާސްއިން ގެނެސްދިން މި ފިލްމަކީ "އޭކް ކިލާޅި އޭކް ހަސީނާ"، "އެސިޑް ފެކްޓްރީ" އަދި ބަތަލާ ކާޖޮލްގެ އަލަތު ވެބް ސީރީސް "ދަ ޓްރަޔަލް"ގެ ޑައިރެކްޓަރު ސުޕަން ވަރުމާގެ އުފެއްދުމެކެވެ.

ޔާމީ އަދި އިމްރާން ފިލްމު "ހަޤް"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނެޓްފްލިކްސްއަށް މި ފިލްމު ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާއިރު ސިނަމާތަކުގައި ފިލްމު ރިލީޒްކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ބަތަލާ ޔާމީ ފިލްމުގައި ކުޅުނު ކެރެކްޓަ ޝާހް ބާނޯގެ ރޯލަށް އިންސާފުކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އެ ފިލްމުގައި ޔާމީ ކުޅުނު ރޯލަށް ނެޝަނަލް އެވޯޑު ހައްގުކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ކުރިއަށް އޮތް ޖަނަވަރީ މަހުގެ ދެވަނަ ދުވަހެވެ. އެކަން ނެޓްފްލިކްސް އަދި ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.