ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

މަސާޒޯ ނޮނާކާ---

ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ މަސާޒޯ ނޮނާކާ މަރުވެއްޖެ އެވެ.

ޖަޕާނަށް އުފަން މަސާޒޯ މަރުވީ އޭނާގެ އުމުރުން 113 ގައެވެ. މިދިޔަ އާދިއްތަ ދުވަހު އޭނާ މަރުވެފައިވާ ވާކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އާއިލާ އާ ހަވާލާދީ ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މަސާޒޯ މަރުވީ ނޭވާލާން ދަތިތަކެއް ވަމުން އައިސް ކަމަށްވެ އެވެ. އަދި ލަސްނުކޮށް ޑަކްޓަރަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހަރަކާތް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.

މަސާޒޯގެ ފަސް ދަރިން ތިބެއެވެ. އޭނާ އުފަންވީ 1905 ވަނަ އަހަރު ޖުލައި 25ގަ އެވެ.

comment ކޮމެންޓް