ކާނަލް ނާޒިމް ދިރިއުޅުނު ތަނުން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކާނަލް މުހައްމަދު ނާޒިމު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި ގަލޮޅު އެނިފްއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ގ. އެނިފްއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލއިދިނުމަށް ނާޒިމް އެދިވަޑައިގެންފައިވާތީ އެމައްސަލަ އަލުން ބަލަން ފުލުހުން ނިންމާފައިވާ ކަމަށެވެ.

"އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާތައް ނިމުނު ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެމައްސަލައިގެ ތަހުގީގު އަލުން ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައިފިން،" ފުލުހުން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

https://sun.mv/114225

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރު ޖެނުއަރީ މަހު ކާނަލް ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އެނާ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސަބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމަށް ހައިކޯޓުނާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮޮށްފައެވެ.

ނަމަވެސް އޭނާގެ ފަރާތުން އަލުން އެ މައްސަލަ ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިދިޔަ މަހު އެ ހުކުމް ބާތިލް ކޮށްފަ އެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓު ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް