އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

އިބްރާހިމް އިސްމާއިލް (އިބްރާ)

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިބްރާ ހާޒިރުކުރީ މިހާރު ތަހުގީގު ކުރަމުން އަންނަ އިސްލާމްދީނާ ދެކޮޅު ވާހަކަތައް ސޯޝަލް މީިޑިއާގައި ދެއްކުމާއި އެފަދަ މީހުންނަށް އިންޒާރުދޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

އިބްރާ ޓްވީޓާގައި ދައްކަވާފައިވާ ބައެއް ވާހަކަތަކާ ގުޅިގެން ބައެއް މީޑިއާތަކުގައި އޭނައާ ގުޅޭގޮތުން އެކި ގޮތްގޮތަށް އަންނަނީ ޚަބަރު ފަތުރަމުންނެވެ.

comment ކޮމެންޓް