މާލޭ ގެއެއްގެ މަތިން ކުޑަކުއްޖަކު ވެއްޓިއްޖެ

މާލެ: މާލޭގައި މިއަދު ވަނީ ގެއެއްގެ ފަސްވަނަ ބުރިން ކުއްޖަކު ވެއްޓިފައި --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭ ގެއެއްގެ މަތިން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖެއް އޭނާ ދިރުއުޅޭ ގޭގެ ފަސް ވަނަ ބުރިން ވެއްޓިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:01ގައި ކަމަށެވެ. އަދި އެ ކުއްޖާއަށް އައިޖީއެމްއެޗު އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައި ވަނީ ގ. ކޮލަމްބިއާގެ ފަސް ވަނަ ބުރިންނެވެ. ވެއްޓި ޖެހިފައި ވަނީ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ. އަދި ވެއްޓި ޖެހުނުތާ ކޮންމެވެސް ވަރަކަށް ލޭ ވެސް ހުއްޓެވެ.

އައިޖީއެމްއެޗުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކު ގެއެއްގެ މަތިން ވެއްޓިގެން މިއަދު މެންދުރު 2:20ގައި ގެނައި ކަމަށާއި އެ ކުއްޖާއަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ ކުއްޖާ ސްޓޭބަލް ކަމަށެވެ.

comment ކޮމެންޓް