24 މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ދިޔަވެއްޖެ

ފުލިދޫ ކަނޑު ހިމެނޭ ސަރަހައްދުން، 24 މީހުންނާއެކު ދަތުރު ކުރި ސަފާރީއެއް ދިޔަވެގެން ކޯސްޓްގާޑުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

ފުލިދޫ ކަނޑު ހިމެނޭ ސަރަހައްދުން، 24 މީހުންނާއެކު ދަތުރު ކުރި ސަފާރީއެއް ދިޔަވެއްޖެއެވެ.

ވ. އަތޮޅުން ފުރައިގެން މާލެއައުމަށް، 16 ފަތުރުވެރިންނާއެކު ދަތުރުކުރި މި ސަފާރީ ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 11:20 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ މިހާރު ކޯސްޓްގާޑް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށާއި ސަފާރީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވީ، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ.

ފިހާޅޮހި ރިސޯޓްގެ އުޅަނދެއް މިހާރު ދަނީ ސަފާރީގައި ތިބި މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކުރެވޭތީ އެސަރަހައްދުގެ ރަށްތަކަށް މިއަދު ހެނދުނުން ފެށިގެން މެންދުރު 12އަށް ޔެލޯ އެލަރޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ، ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި މީގެ އިތުރުން މެދުތެރޭގެ ބައެއްރަށްތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

https://www.sun.mv/113595

ދެކުނު އަތޮޅުތަކަށް ބޯކޮށްވާރޭވެހި އަދި މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓު އޮފީހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް