މާލެ އަތޮޅު ގިލި ލަންކަންފުށީގައި ތަރައްގީކޮށްފައިވާ، ގިލި ލަންކަންފުށީގެ މޫދު ކޮޓަރިއެއްގައި ރޭ އަލިފާން ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ފަތިހު 5:00 ހާއިރުކަމަށާއި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށެވެ.
މި ހާދިސާގައި އެ ރިސޯޓުގެ ހަތް މޫދު ކޮޓަރިއެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ރޭ ހިނގި މިހާދިސާގައި މޫދު ކޮޓަރިތަކާއި ޖެޓީ ސަރަހައްދުން އަލިފާންގަނޑު ނިވުނު އިރު އެތަން އެއްކޮށް އަނދައިފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގިލި ލަންކަންފުށީގެ މޫދު ކޮޓަރިތަކެއް އެއްކޮށް އަނދާފައި -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެެންޑީއެފްއަށް ރިސޯޓްގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މައުލޫމާތު ލިބުނީ ރޭ 22:32 ހާއިރު އެވެ.
ރިސޯޓުގެ ހާލަތު ބައްލަވައިލެއްވުމަށް ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރޭ އެ ރިސޯޓަށް ވަޑައިގެން އެ ރިސޯޓް އިސްވެރިންގެ އިތުރުން ޓުއަރިސްޓުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ގިލި ލަންކަންފުށީގެ ބޮޑު ބައެއްގައި އަނދަނީ--