ސުހައިލަށް އެޗުޑީސީގެ އެމްޑީކަން ދެއްވައިފި

ސުހައިލް: ކުރިން ވެސް އެޗުޑީސީގައި މަސައްކަތް ކުރެއްވި --

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސުހައިލް އަހުމަދު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ ސުހައިލް އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

ސުހައިލަކީ އެޗުޑީސީ އުފެދުނީއްސުރެ އެ އިދާރާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ ކުރިން އެޗުޑީސީގެ އެމްޑީގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ކަންކަން ހުރި ގޮތުން ވަޒީފާގައި ހުރުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ އެވެ.

comment ކޮމެންޓް