ސިޔާމް މައުފޫފް ސޮކާކަޕުގައި އިއްޔެ ވެލިދޫގެ މައްޗަށް ކުރި ހޯދައި ހޮޅުދޫއިން ގްރޫޕް ބީގެ އެއްވަނަ ކަށަވަރު ކޮށްފި އެވެ.
އިއްޔެ ކެނދިކުޅުދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ވެލިދޫގެ މައްޗަށް ހޮޅުދޫ ކުރި ހޯދީ 1-0ގެ ނަތީޖާއިންނެވެ. މެޗުގެ ހަމަ އެކަނި ގޯލު ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، މެޗުގެ މޮޅު ކުޅުންތެރިތާކަން ވެސް ހޯދި، ހޮޅުދޫ ޓީމުގެ ޖާޒީ ނަމްބަރު 11 މުހައްމަދު ފާރިޝް އެވެ.
އެ ނަތީޖާ އާ އެކު ލިބިފައިވާ 12 ޕޮއިންޓާ އެކު ހޮޅުދޫ އަށް ވަނީ ގްރޫޕް އޭގެ އެއް ވަނަ ކަށަވަރު ވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ހޮޅުދޫ ބައްދަލު ކުރަން ޖެހޭނީ، ގްރޫޕް އޭގެ ދެވަނަ ޓީމު ކަމަށްވާ ހެނބަދޫ އާ އެވެ. އެ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ 13:45ގަ އެވެ.
ގްރޫޕް ބީ އިން ދެން ސެމީއަށް ކޮލިފައިވާ ޓީމު ކަށަވަރު ވާނީ މިއަދު ލަންދޫ އާއި ކުޑަފަރީ ބައްދަލު ކުރާ މެޗަށް ފަހު އެވެ. މެޗުން އެއްވަރު ވެގެން ވެސް ކުޑަފަރީއަށް ސެމީއަށް ދަތުރު ކުރެވޭނެ އެވެ. ލަންދޫއަށް ސެމީއަށް ދެވޭނީ މިއަދު ކުޑަފަރީ ބަލިކޮށްގެންނެވެ.
ގްރޫޕް ބީގެ ދެވަނައަށް ދާ ޓީމު ސެމީގައި ބައްދަލު ކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ކަމަށްވާ ކެނދިކުޅުދޫއާ އެވެ. އެ މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
ގްރޫޕް ބީ
- ހޮޅުދޫ (12 ޕޮއިންޓު)
- ކުޑަފަރި (6 ޕޮއިންޓު)
- ލަންދޫ (4 ޕޮއިންޓު)
- މާފަރު (4 ޕޮއިންޓު)
- ވެލިދޫ (0 ޕޮއިންޓު
ގްރޫޕް އޭ
- ކެނދިކުޅުދޫ (11 ޕޮއިންޓު)
- ހެނބަދޫ (10 ޕޮއިންޓު)
- މިލަދޫ (7 ޕޮއިންޓު)
- މަނަދޫ (7 ޕޮއިންޓު)
- މަގޫދޫ (5 ޕޮއިންޓު)
- މާޅެންދޫ (1 ޕޮއިންޓު)