ބެލްކަންޏެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުންތަކެއް ލިބިއްޖެ

ހ. ހާޖަރާ ގޭ ގެ ބެލްކަނި ވެއްޓި ސައިކަލްތަކަށް ގެއްލުން ވެފައި ---

މާލޭގެ ގެއެއްގެ ބެލްކަނި ވެއްޓި މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު އިރުއޮއްސި 6:35 ހާއިރު ހ. ހާޖަރާގޭގެ ތިން ވަނަ ބުރީގެ ބެލްކަނިން ބައެއް ވެއްޓިގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަކަށް ހާނިއްކަ ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބެލްކަނި ވެއްޓުމުގެ ސަބަބުން އެ ގޭ ތިރީގައި މަގުމަތީ ޕާކް ކޮށްފައި ހުރި ހަތަރު ސައިކަލަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ބެލްކަނި ވެއްޓެން ދިމާވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް