އިކޮނަމިކް އެންޑް ޔޫތް ކައުންސިލްގެ ނަން އިކޮނަމިކް ކައުންސިލަށް ބަދަލު ކޮށް އެ ކައުންސިލްގެ ކޯ ޗެއާއަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް، އަދި ސޯޝަލް ކައުންސިލްގެ ކޯ ޗެއާއަކަށް ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އައްޔަނު ކުރައްވައިފި އެވެ.
އޭގެ ތެރެއިން އިކޮނަމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ސޯސަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.
އިކޮނޮމިކް ކައުންސިލް
-
- މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަލީ ޝިޔާމް (ކޯޗެއަރ)
- ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
- ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް
- ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް
- ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ
- ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު
- އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް
- ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު
- ހައުސިންގ މިނިސްޓަރު އާމިނަތު ޢާޠިފާ
- އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން
ސޯޝަލް ކައުންސިލް
- ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ (ކޯޗެއަރ)
- ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން
- ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ
- ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
- އިސްލާމީކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
- ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް
- ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް