ވިޔަފާރިވެރިންގެ ޖަމިއްޔާގެ ހުއްދަ ނެތި ނައިޓް މާކެޓް ނުބޭއްވޭނެ ކަމަށް ބުނެފި

ނައިޓުމާކެޓު ބޭއްވޭނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ހުއްދަ ލިބިގެން ކަމަށް އެ ޖަމްއިއްޔާ އިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ބާޢްވަމުން ދިޔަ ނައިޓުމާކެޓު މި އަހަރު ބާއްވާނީ "ލިކަމެކް" ކުންފުނިން ކަމަށް އިއްޔެ ވަނީ އެކުންފުނިން ބުނެފަ އެވެ. އަދި މޭޒުދޫކުރަން ނިންމައި އަންނަ މަހު މޭޒު ގަތުމަށް ވެސް ވަނީ ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

އެމަކާ ގުޅިގެން ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމްއިއްޔާގެ ޓްރެޝަރާ މިސްރު އާދަމް ވިދާޅުވީ ނައިޓު މާކެޓު ބޭއްވޭނީ އެ ޖަމްއިއްޔާގެ ހުއްދަ ލިބިގެން ކަމަށެވެ.

"މީގެ ކުރީގައި އެބަހުރި ނައިޓުމާކެޓު ބޭއްވުމަށް ކަމަށް ބުނެ ލާރިނަގާފައި މާކެޓު ނުބޭއްވި. ލާރި ދެއްކި މީހުންނަށް ލާރި އަނބުރާ ނުލިބި ހުރި މައްސަލަތައް ވެސް. އެފަދަ ކަންތައް ކުރިމަތިވާތީ މި ދަންނަވަނީ އެފަދަ ނައިޓުމާކެޓުތަކުގައި ބައިވެރިނުވުމަށް،"

މިކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭގެ ސްކޫލުތަކުން ވެސް ނައިޓުމާކެޓު ބޭއްވުމަށް އަޅުގަނޑުމެންގެ ހުއްދަ އަށް އެދުމުން ވާނީ ހުއްދަ ދީފައި. ކޮންމެ ބަޔަކު ނައިޓުމާކެޓު ބޭއްވި ނަމަވެސް މި ޖަމްއިއްޔާ އިން ހުއްދަ ނަގަންޖެހޭކަން ނައިޓު މާކެޓު ބޭއްވުމުގެ ގަވައިދުގައި ވެސް ވަނީ ބުނެފައި،" މިސްރު ވިދާޅުވި އެވެ.

comment ކޮމެންޓް