ވެލިގާއިން ކޯޕަރޭޓް ކަސްޓަމަރ ސެންޓަރެއް ހުޅުވައިފި

ވެލިގާ ހާޑްވެއާ -- ފޮޓޯ: ވެލިގާ

ވެލިގާ ހާޑުވެއާއިން ޚިދުމަތް ހޯދަމުންދާ ކޯޕަރޭޓް ކަސްޓަމަަރުންނަށް ޚާއްސަ ކަސްޓަމަރ ސާރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވީ މާފަންނު ބުރު ކައިރީ ހުންނަ ވެލިގާ ހާޑްވެއަރގެ ފިހާރައިގައެވެ. މި ސެންޓަރު މެދުވެރިކޮށް އެކި ވިޔަފާރިތަކަށް ވެލިގާ ހާޑްވެއާއިން ދޭ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދޭނެވެ.

ވެލިގާއިން ބުނީ މި ކަސްޓަމަރ ސެމްޓަރުގެ ސަބަބުން ކުރިއަށްވުރެ އަވަހަށް، އަދި ފަސޭހަކަމާއެކު ވެލިގާ މެދުވެރިކޮށް ވިޔަފާރިތަކަށް ހިދުމަތް ހޯދޭނެ ކަމަށެވެ.

ވެލިގާ ހާޑްވެެއާގެ ކޯޕަރޭޓް ކަސްޓަމާ ސެންޓަރު -- ފޮޓޯ: ވެލިގާ

މިއީ ވެލިގާ ހާޑްވެއާއަށް 10 އަހަރު ފުރުމާ ދިމާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ އެންމެ މުހިއްމު އެއް މަސައްކަތްކަމަށްވެސް ވެލިގާ އިން ބުނެއެވެ. މި ސެންޓަރު ހުޅުވުމާއެކު ވެލިގާ ހާޑްވެއަރގެ ހުރިހާ ފިހާރަތަކެއް ޒަމާނީ ފެންވަރަކަށް ގެނައުމަށް ފެށުނު މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ކަމަސްވެސް ވެލިގާ އިން ބުންޏެވެ.

ކަސްޓަމާ ސެންޓަރު ހުޅުވުމާއި ގުޅޭގޮތުން ވެލިގާ ހާޑްވެއަރގެ ޖެނެރަލް މެނޭޖަރު މުޢާޒު މުޙައްމަދު ވިދާޅުވީ އެކި އިންޑަސްޓްރީތަކަށް ނިސްބަތްވާ ކޯޕަރޭޓް ކަސްޓަމަރުންނަކިީ ވެލިގާގެ ކަސްޓަމަރުންގެ ބޮޑުބައެއް ކަމަށާއި ފިހާރަތަކުގެ ބާރުބޮޑުވުމުގެ ސަބަބުން މިފަދަ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތްދިނުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

"މިސެންޓަރު މެދުވެރިކޮށް ވިޔަފާރިތަކަށާއި މަސައްކަތްތެރިންނަށް ވަރަށް އެކަށީގެންވާ މާހައުލެއްގައި ހިދުމަތްދެވޭނެ ގޮތްތަށް ވަނީ އިންތިޒާމުކުރެވިފައި. އުއްމީދުކުރަނީ މިއީ ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ބަދަލެއްކަމަށް،" މުއާޒު ވިދާޅުވިއެވެ.

ވެލިގާ ހާޑްވެއާ -- ފޮޓޯ: ވެލިގާ

މިއީ ރާއްޖޭގައި ހާޑްވެއާ އަކުން ކޯޕަރޭޓް ސެންޓަރެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ. މިއާއެކު ކަސްޓަމަރުންގެ ލިސްޓުތަކަށް މުދާ ނެގުމާއި، އަގުޖަހައިދިނުން، އަދި އެކިކަންކަމަށް ބޭނުންވާ ސާމާނު ހޯދުމުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެއެވެ. މިގޮތުން ވެލިގާ ހާޑްވެއަރގައި ލިބެންހުންނަ މުދާތައް އަޖުމަބެލުމާއެކު، އެންމެ އެކަށީގެންވާ ސާމާނު ހޯދުމަށް އެކަމާގުޅޭ ތަޖުރިބާކާރުންގެ އެހީ ލިބޭނެ ކަމަށް ވެލިގާ އިން ބުންޏެވެ.

ވެލިގާއިން ލިބެން ހުންނަ ސާމާނުތައް ފަސޭހައިން ބަލައި ޓެސްޓްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ވެލިގާއިން ގެންގުޅޭ ހުރިހާ ބްރޭންޑްތަކެއްގެ ސާމާނު މިސެންޓަރުން ބަލައިލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ ކަރަންޓް ސާމާނާއި، ޓޫލްސް، އިމާރާތްކުރުމާއި އާންމު ހާޑްވެއަރގެ ހުރިހާ ސާމާނެއް މި ސެންޓަރުގައި ހުރެގެން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން، ތަނުގެ މުވައްޒަފުންނަށް ތަފާތު ވައްތަރުގެ ސާމާނު ބޭނުންކުރުމާއި ހިދުމަތްދިނުމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީން ދީފައިވާނެ ކަމަށާއި އަދި ކަނޑައެޅިފައިވާ ދާއިރާތަކަށް ބަހާލައިގެން ޕްރޮޑަކްޓް މެނޭޖަރުންނާއި އެކައުންޓް މެނޭޖަރުންވެސް އައްޔަނު ކޮށްފައިވާނެ ކަމަށް ވެލިގާއިން ބުންޏެވެ.

މިސެންޓަރު ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން، އަދި ދުވަހުގެ މަސައްކަތަށް ބުރޫ ނާރާނެގޮތަށް، ބޭނުންވާ ހުރިހާ ކަމެއް މި ސެންޓަރު މެދުވެރިކޮށް ހަމަޖެއްސޭނެ ގޮތަށް ކަމަށާއި މިއާއެކު ވެލިގާއިން ހިދުމަތް ހޯދުމުން އަންނަ ކޯޕަރޭޓް ކަސްޓަމަރުންނަށް މިހާރު ދިމާވާ ގިނަ ދަތިތަށް ހައްލު ބިގެންދާނެކަމަށް ވެލިގާ އިން ބުންޏެވެ.

ވެލިގާ ހާޑްވެއާ -- ފޮޓޯ: ވެލިގާ

މިސެންޓަރުގެ ދެން އެންމެ މުހިއްމު މަސައްކަތަކަށް ވާނީ މާލެއިން ބޭރުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން، ފޯނާއި އީމެއިލް މެދުވެރިކޮށް މިސެންޓަރުގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މާލެއިން ބޭރަށް ގެންދަން ޖެހޭ މުދަލާއި ސާމާނު ކަނޑައެޅިފައިވާ ގަޑިތަކަށް ދޯނި ފަހަރާއި ބޯޓުތަކަށް ފޮނުވުމުގެ އިންތިޒާމުވެސް މީގެ ފަހުން ހަމަޖައްސަމުން ދާނީ މިސެންޓަރު މެދުވެރިކޮށް ކަމަށް ވެލިގާ އިން ބުންޏެވެ.

ސެންޓަރުގެ ހިދުމަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކޯޕޮރޭޓް ކަސްޓަމަރ މެނޭޖަރ މިފްޒާން މުޙައްމަދު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަށް، ފަސޭހަކަމާއެކު ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

" ކޮންމެ ކަސްޓަމަރެއްގެވެސް ބޭނުންތައް ތަފާތު ވާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ކަސްޓަމަރަށް އެއްވެސް ދަތިކަމެއްނެތި ބޭނުންވާ ގޮތަށް ބޭނުންވާ ގަޑިއަށް މުދަލާއި ސާމާނު ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ހިދުމަތެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން".

މި ސެންޓަރުގެ ހިދުމަތް ލިބޭނި ހުކުރު ދުވަސް ފިޔަވައިކޮންމެ ދުވަހެއްގެ ހެދުނު އަށަކުން ހަވީރު ހަޔަކަށެވެ.

ހިދުމަތް ހޯދުމަށް ކޯޕަރޭޓް ސެންޓަރުގެ ފޯނު ނަންބަރު 3333881 ނުވަތަ [email protected] އަށް އީމެއިލް ކުރުމުން މިސެންޓަރުގެ ހިދުމަތް ލިބޭނެކަމަށްވެސް ވެލިގާ އިން ބުންޏެވެ.

comment ކޮމެންޓް