ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ

ލާމު ލިންކް ރޯޑުގެ ސަރަހައްދެއް: އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މިއަދު ވަނީ މަރުވެފައި -- ފޮޓޯ/ ތޮއްޓޭ ފޮޓޯގްރަފީ

މިމަހު ހަ ވަނަ ދުވަހުގެ ރޭ ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން އިތުރު ފަރުވާއަށް މަލާ ގެނައި ޒުވާނަކު މަރުވެއްޖެ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ލ. ފޮނަދޫއަށް ނިސްބަތްވާ 18 އަހަރުގެ ޒުވާނެކެވެ.

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އެންމެ ފުރަތަމަ ގެންދިޔައީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އޭނާ އިތުރު ފަރުވާއަށް މާލެ ގެނައިސް އައިޖީއެމްޗުގެ އައިސީޔީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މިއަދު މެންދުރު 2:30 ގަ އެވެ.

comment ކޮމެންޓް