"ނާގިން" ސީޒަން ތިނެއްގެ ސެޓަށް އަލީ ގޯނީ!

އަލީ ގޯނީ....

ކާމިޔާބު ގިނަ ޑްރާމާ ތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ އެކްތާ ކަޕޫރުގެ ޑްރާމާ ސިލްސިލާ "ނާގިން"ގެ ތިން ވަނަ ސީޒަންގެ ކާސްޓަށް ކާމިޔާބު އެކްޓަރު އަލީ ގޯނީ ގުޅިއްޖެއެވެ.

ކަލާޒް ޗެނަލުން ދައްކާ "ނާގިން 3" އިން ފުރުސަތު ދިނުމުން އަލީ ވަނީ އެކްތާއަށް ޝުކުރު ވެސް އަދާކޮށްފައެވެ. އެ ޑްރާމާގައި އަލީ ކުޅުމަށް ހަމަޖެހިފައިވަނީ "ވިލަން'ގެ ރޯލެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އަލީ ބުނެފައިވަނީ، މިހާރު ދައްކަމުން އަންނަ އެންމެ މަގުބޫލު ޑްރާމާ ތަކުގެ ތެރޭގައި ހިމެނޭ އެ ޑްރާމާއިން ފުރުސަތު ލިބުމުން އެއީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި "ނާގިން 3" އިން ފުރުސަތު ލިބުނީތީ އުފަލުން ހުރި ކަމަށް ވެސް އަލީ ވަނީ ބުނެފައެވެ.

މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ދައްކަންފެށި "ނާގިން 3" އަކީ އިންސާނުންގެ ސިފައަށް ބަދަލު ވެވޭ ނުބައި ހަރުފަ ތަކެއް އުޅޭ ޑްރާމާ އެކެވެ.

މީގެ ކުރިން ވެސް އަލީ ވަނީ ގިނަ ޑްރާމާ ތަކަކުން ފެނި ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. އެގޮތުން "ބަހޫ ހަމާރީ ރަޖުނީކާންތު" އާއި "ޔެ ކަހާ އާގަޔޭ ހަމް" ފަދަ ސިލްސިލާތަކަކީ ފާހަގަކޮށްލެވޭ ސިލްސިލާ ތަކެވެ.

comment ކޮމެންޓް