ޚާޝުގްޖީގެ ހަށިގަނޑު ހަވާލުކުރުމަށް އޭނާގެ ދަރިން އެދެފި

ޚާޝުގްޖީގެ ދެ ދަރިން ---

މަރާލާފައިވާ ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝިގްޖީގެ ހަށިގަނޑު ހަވާލުކުރުމަށް އޭނާގެ ދެ ފިރިހެން ދަރިން އެދިއްޖެ އެވެ.

ޙާޝުޖްޖީގެ ދެ ފިރިހެން ދަރިންކަމަށްވާ ޖަމާލް ޚާޝުގްޖީ އަދި އަބްދުﷲ ހާޝިގްޖީ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބައްޕަގެ މަރަކީ އަނިޔާވެރި މަރަކަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ބައްޕަ މަރުވިއިރު ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް އުއްމީދު ކުރާކަމަށް ވެސް ބުނެފައިވެ އެވެ.

އަބްދުﷲ އާއި ސަލާހް، އެމީހުންގެ ބައްޕަ ސިފަކޮށްފައި ވަނީ ހިތްވަރުގަދަ ކެރޭ މީހެއްގެ ގޮތުގަ އެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ހާޝުގްޖީ މަރާލާފައިވާ އިރު، އޭނާގެ ހަށިގަނޑު ވީތަނެއް އަދި އަދަށް ދާންދެން ވެސް ނޭނގެ އެވެ. އޭނާ މަރުވިތާ އެއް މަސް ވެފައިވާއިރު ސައުދީ އަރަބިއާ އިން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޗީފް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައި ވަނީ ހާޝުގްޖީ މަރާލުމަށް ފަހު ހާޝިގްޖީގެ ހަށިގަނޑު ކޮށާލާފައިވާ ކަމަށެވެ. އޭނާ މަސައްކަތްކުރި ނިއުޔޯކް ޓައިމްސްގެ އިންވެސްޓިގޭޓަރުން ބުނެފައި ވަނީ ހާޝުގްޖީގެ ހަށިގަނޑަށް އެސިޑް އަޅާ ނައްތާލާފައިވާ ކަމަށެވެ.

ބައްޕަގެ ހަށިގަނޑު ނުފެންނަނީސް އާއިލާ އަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް ހާޝުގްޖީގެ ދަރިން ބުނެފައިވެ އެވެ.

"ބޭނުން ވަނީ އާއިލާގެ އެހެންމީހުންނާ އެއްތަނެއްގައި މަދީނާގެ އަލް ބާގީ ސިމެޓްރީގައި ބައްޕަ ވަޅުލަން،" އަބްދުﷲ އާއި ސަލާހު ބުނެފައިވެ އެވެ.

ހާޝިގްޖީ ކޮންސިއުލޭޓަށް ގޮސްފައި ވަނީ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު ކޮންސިއުލޭޓަށް ވަތްފަހުން އޭނާގެ ހަބަރެއް ނުވެ އެވެ.

ޖަމާލް އާއި އަބްދުﷲ ބުނެފައި ވަނީ ބައްޕަގެ މަރާ ގުޅިގެން ސައުދީ އިން ކުރާ ތަހުގީގަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ.

comment ކޮމެންޓް