އޮމާން އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިިފި

އޮމާން އެއާގެ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފއި -- ފޮޓޯ/ އެމްއޭސީއެލް

އޮމާން އެއާއިން ރާއްޖެއަށް ކުރި ދަތުރުތައް 2016 ވަނަ އަހަރު ހުއްޓާލުމަށް ފަހު އަލުން ދަތުުރުތައް ފަށައިފި އެވެ.

އޮމާން އެއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2009 ވަނަ އަހަރު އެވެ. އެއީ އެގައުމުގެ ވެރިރަށް މަސްގަތާއި މާލެއާ ދެމެދުގަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރާ ޖެހެންދެން އެކި ފަހަރު މަތިން އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރުން މެދުކަނޑާލާފައިވެ އެވެ.

އޮމާން އެއާއިން މިއަދު ރާއްޖެ އަށް އަލުން ދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތު ---

ނަމަވެސް 2016 ވަނަ އަހަރު ދަތުރުތައް ހުއްޓާލާ ފަހުން ރާޢްޖެއަށް ކުރި ފުރަތަމަ ދަތުރު ކޮށްފައިވަނީ މިއަދު އެވެ. މިއަދު މަސްގަތުން މާލެ އައި ފުރަތަމަ ފްލައިޓު އައިސްފައި ވަނީ މާލޭ ގަޑިން މެންދުރު 1:30 ގަ އެވެ.

އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު މި ދަތުރުތަކުގައި ބޭނުންކުރާނީ 737 މެކްސް 8ގެ ފްލައިޓުގަ އެވެ. މި ފްލައިޓުގައި ބިޒްނަސްކްލާހުގެ 12 ގޮނޑިއާއި އިކޮނޮމީ ކްލާހުގެ 150 ގޮނޑިއާ އެކު ޖުލްލަ 162 ސީޓް ހުންނާނެއެވެ.

ހަފްތާ އަކު ތިން ދުވަހު މާލެ އާއި މަސްގަތާ ދެމެދު ފްލައިޓުތައް ބާޢްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. އެއީ ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ. މަސްގަތާ މާލެއާ ދެމެދު ހަފްތާ އަކު ހަތަރު ދަތުރު ކުރާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ.

އޮމާން އެއާއިން މިއަދު ރާއްޖެ އަށް އަލުން ދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތު ---

އޮމާން އެއާގެ ފްލާއިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު ވަނީ ހޫނު މަރުހަބާއެއް ކިޔައި ވޯޓާ ސެލިއުޓެއް ދީފަ އެވެ.

އޮމާން އެއާގައި ރާއްޖެ އާއި މަސްގަތާ ދެމެދު ދަތުރުކުރާ ފަސިމްޖަރުންނަށް އޮމާންގެ އާސާރީ ތަންތަން ބަލާލައި އެގައުމު ތަޖުރިބާކޮށްލަން ވެސް އެ އެއާލައިނުން ދައުވަތު ދެ އެވެ.

އޮމާން އެއާއިން މިހާރު ކުރިއަށްގެންދާ އަޕްގްރޭޑިން މަސައްކަތާ އެކު 2022 އަންނައިރު އެ އެއާލައިނުން 70 އެއާކްރާފްޓުގައި 60 މަންޒިލަށް ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އޮމާން އެއާއިން ވަނީ ތުރުކީގެ ވެރިރަށް އިސްތަންބުލްއަށް ވެސް މިއަހަރު ދަތުރުތައް ފަށާފަ އެވެ. މީގެ އިތުރުން މޮރޮކޯގެ ކަސަބްލަންކާ (ދާރުލް ބައިޟާ)އަށް ވެސް ދަތުރު ފަށާފައިވާ އޮމާން އެއާއިން، މިމަހުގެ 30 ގައި ރަޝިއާގެ މޮސްކޯއަށް ވެސް ދަތުރުތައް ފަށާނެ އެވެ.

އޮމާން އެއާއިން މިއަދު ރާއްޖެ އަށް އަލުން ދަތުރުތައް ފެއްޓުމުގެ ރަސްމިއްޔާތު ---

އޮމާން އެއާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އަކީ ސަން ސިޔާމް ގްރޫޕްގެ ސަންޓް ޓްރަވަލްސް އެންޑް ޓްވާސް އެވެ. އަދި އެ އެއާލައިންގެ ދަތުރުތައް ފުރަތަމަ 2009 ވަނަ އަހަރު ރާއްޖެ އަށް ފެއްްޓި އިރު ވެސް ޖީއެސްއޭ އަކީ ސަންޓް ޓްރަވަލްސް އެންޑް ޓްވާސް އެވެ.

comment ކޮމެންޓް