އދ. އަކީ ބައިނަލްއަގުވާމީ ސުލްހައަށް އޮތް އުންމީދުގެ ހުޅުކޮޅެއް: ފޮރިން މިނިސްޓަރު

އދގެ ޖެނެރަލް އެސެމްބްލީގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަފުޅު ދައްކަވަނީ --

އދ. އަކީ ބައިނަލްއަގުވާމީ ސުލްހައަށް އޮތް އުންމީދުގެ ހުޅުކޮޅުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

އދ. ގެ 73 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޑރ. އާސިމް ނެރުއްވި ބަޔާންގައި ވިދާޅުވީ، ބައިނަލްއަގުވާމީ ސަލާމަތީ ކަންތައްތަކާއި އިންސާނީ ހައްގުތަތައް ހިމާޔަތް ކުރުމަށް އދ. އަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ޑރ. އާސިމް ވިދާޅުވީ ރާއްޖެ އދ. އާ ގުޅުނުތާ 53 އަހަރު ފުރިފައިވާ އިރު މި ބަދަހި ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމަށާއި އދ. ގެ ތަރައްގީ އަށް އެހީވާ އެޖެންސީތަކުގެ އެހީގައި ރާއްޖެ ފަގީރުކަމަކުން މިހާރު މެދުފަންތީގެ އާންމްދަނީ ލިބޭ ގައުމަކަށް ބަދަލުވެފައިވާ ކަމަށެވެ.

އދ. އަކީ މުހިންމު ޖަމިއްޔާއަކަށް ވީހިދު ރާއްޖެ އދ. ގެ މަގުސަދުތަކާއި އުސޫލުތަތައް ހިފަހައްޓާނެ ކަމުގެ ޔަގިން ޑރ. އާސިމް ދެއްވި އެވެ.

ރާއްޖެ އދ. ގެ މެމްބަރަކަށް ވެވަޑައިގަތީ 21 ސެޕްޓޭމްބަރު 1965 ގައި އެވެ. އދ އުފެދުނީ 24 އޮކްޓޯބަރު 1945 ގައި އެވެ.

comment ކޮމެންޓް