ޚާޝުގްޖީގެ މައްސަލާގައި ޓްރަމްޕާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

އުރުދުޣާން އާއި ޓްރަމްޕް

ސައުދީ ނޫސް ވެރިޔާ ޖަމާލް ޚާޝުގްޖީގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތުރުކީގެ ރައީސް ރަޖަބް ޠާއްޔިބު އުރުދުޣާން މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީ އަރަބިއާއަށް ނިސްބަތްވާ ޖަމާލް ހާޝުގްޖީ 2017 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުން ގޮސްފައިވަނީ އެމެރިކާގައެވެ. އޭނާގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަންފަހުން ހަބަރެއް ނުވެގެންނެވެ.

ތުރުކީގެ ނޫސް އެޖެންސީ އަނަޑޮލޫއިން ބުނެފައިވަނީ ޚާޝުގްޖީގެ މައްސަލައިގެ އެންމެ އަޑިއަށް ބަލައި އެ މައްސަލައިގެ ހަގީގަތް ހާމަކުރަންޖެހޭނެ ކަމަށެވެ.

ޚާޝުގްޖީ ވީތަނެއް ނޭނގޭކަމަށް ފުރަތަމަ ސައުދީ ސަރުކާރުން ބުނީމާ އޭނާ ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިކަމަށް އެންމެ ފުރަތަމަ ބުނީވެސް ތުރުކީ އިންނެވެ.

comment ކޮމެންޓް