އިންޖީނު ހުއްޓިފައި އޮތް ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިވެދީފި

އިންޖީނު ހުއްޓިފައި އޮތް ދޯންޏަކަށް ސިފައިން ވަނީ އެހީތެރިވެދީފައި---

އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭއާ ދިމާލުގައި މަސްވެރިކަން ކުރަން އުޅުނު "އަންފާލް" ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިފައި ވަނިކޮށް އެ ދޯންޏަށް ސިފައިން އެހީތެރިވެދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:45 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު އެމްއެންޑީއެފް އިން ވަނީ އެ ހިސާބުގައި ހަރަކާތްތެރިވެފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫގެ ކޯއްޓޭ ސަރަޙައްދުން ހަ ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް އެ ދޯނީގެ އިންޖީނު ހުއްޓުނީ ސްޓާޓިންގ މޯޓަރުގެ އިސްކުރެއް ބިންދައިގެން ދިޔުމުގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާ ހިނގި އިރު ދޯނީގައި ހަތަރު މީހުން ތިއްބެވެ.

އެމްއެންޑީއެފް އިން ބުނީ އެދޯނި ކަފުޖަހާނެ ދޯންޏެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

comment ކޮމެންޓް