ދީޕިކާގެ ކައިވެނީގެ ދައުވަތު ޓްވިޓާ މެދުވެރިކޮށް ފޮނުވައިފި

ދީޕިކާ އަދި ރަންވީރު: ދެމީހުން އެންގޭޖުވެ ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯންގެ ކައިވެނީގެ ދައުވަތު ޓްވިޓާ މެދުވެރިކޮށް ފޮނުވައިފިއެވެ.

ދައުވަތު ކާޑުގައި ވާ ގޮތުން ދީޕިކާގެ ކައިވެނީގެ ހަފްލާ ކުރިއަށް ދާނީ އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހުގައެވެ.

ކައިވެނީގެ ހަފްލާ ބާއްވާނެ ތަނެއް އެ ކާޑުގައި އަންގާފައެއް ނުވެއެވެ. ނަމަވެސް ގިނަ ރިޕޯޓްތައް ބުނާގޮތުގައި ދެ ފަރާތުގެ އާއިލާއިން ވެސް ނިންމީ އެ ދެތަރިންގެ ކައިވެނި ބެންގަލޫރު ނޫނީ އިޓަލީގައި ބޭއްވުމަށް ކަމަށެވެ.

"އެންމެ ގިނަ ދުވަސް ނެގީ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައަޅަން. ދެތަރިން ވެސް ބޭނުންވީ ކައިވެނީގެެ ހުރިހާ ކަމެއް ފުރިހަމަކޮށް ކުރިއަށްދާން،" އާއިލާގެ މެންބަރަކު ބޭރުގެ ނޫހަކަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2013 ވަނަ އަހަރުގައެވެ.

comment ކޮމެންޓް