ޕްރިތީގެ "ބައްޔާޖީ ސުޕަހިޓް" ރިލީޒްކުރުން ފަސްކޮށްފި!

"ބައްޔާޖީ ސުޕަހިޓް" ގެ ޕޯސްޓަރެއް...

ނީރާޖް ޕަތަކް ޑައިރެކްޓްކުރާ އެކްޝަން ކޮމެޑީ ފިލްމު "ބައްޔާޖީ ސުޕަހިޓް" ރިލީޒްކުރުން ފަސްކޮށްފި ކަމަަށް މީޑިއޯ ރިޕޯޓްތަކުން ބުނެފިއެވެ.

އެ ފިލްމު ރިލީޒް ކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ދެން ފިލްމު އަޅުވާނެ ތާރީހެއް އަދި ހާމަކޮށްފަ އެއް ނުވެއެވެ.

ފިލްމުގެ ލީޑު ރޯލުން ބޮލީވުޑްގެ މަގްބޫލް ތަރި "ޑިމްޕަލް ގާރލް" ޕްރިތީ ޒިންތާ ފެނިގެންދާނެ "ބައްޔާޖީ ސުޕަހިޓް" ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 43 އަހަރުގެ ޕްރިތީ ބޮލީވުޑް ފިލްމަކުން ފެންނަން މިއުޅެނީ ފަސް އަހަރަށް ފަހުއެވެ. ޕްރިތީ އެ ފިލްމު ކުޅުމުން ބޮލީވުޑްގެ ގިނަ ތަރިން ވަނީ އޭނާއަށް މަރުހަބާ ވެސް ކިޔާފައެވެ.

"ބައްޔާޖީ ސުޕަހިޓް"ގެ ބައެއް ޕޯސްޓަރުތައް ޕްރިތީ ދަނީ އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި އާންމުކުރަމުންނެވެ. އެ ފިލްމުގައި ޕްރިތީ އާއިއެކު ސަނީ ޑިއޯލް އަމީޝާ ޕަޓޭލް، އަރްޝަދު ވަރްސީ އަދި ޝްރެޔާޝް ތަލްޕަޑޭ ހިމެނެއެވެ.

ޕްރިތީ ފުރަތަމަ ބޮލީވުޑަށް ނުކުތީ 1998 ވަނަ އަހަރު "ދިލް ސޭ" ފިލްމުންނެވެ. ޝާހް ރުކް ޚާންއާއެކު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ޕްރިތީގެ އެންމެ ފަހު ފިލްމެއް ރިލީޒް ވެފައި ވަނީ 2013 ވަނަ އަހަރުއެވެ. އެއީ "އިޝްޤު"އެވެ.

comment ކޮމެންޓް