ސިފައިންގެ އެކުވެރި ކުންފުނީގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި

25 އޭޕްރިލް 2018: ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުުރުމުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިފައިންގެ ވެލްފެއާގެ ކަންތައް ކުރުމަށް ސިފައިންގެ އެކުވެރި ކުންފިނީގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއްޔެ އުފެއްދެވި މި ކުންފުންޏަކީ ސަތޭކަ ބިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު އުފެއްދެވި ކުންފުންޏެކެވެ.

ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ މި ކުންފުންޏާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސިފައިންގެ އެކުވެރި ކުންފުންޏާ އެކު ސިފައިންގެ ވެލްފެއާ އާއި މާލީ ކަންތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ސިފައިންގެ ވެލްފެއާގެ ކަންތައް ބެލުމަށް ކުންފުންޏެއް ވަނީ އުފައްދައިފަ އެވެ.

comment ކޮމެންޓް